ހަބަރު

ސިފައިންގެ އާއިލީ ހަވީރު މިފަހަރު ރަސްފަންނަށް

ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ އާއިލީ ހަވީރެއް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

ދެ ދުވަހަށް ކުރިއަށްދާ މި ސިފައިންގެ އާއިލީ ހަވީރު ބާއްވަން ހަމަޖައްސާފައި ވަނީ ހުކުރު، ހުނިހިރު މި ދެ ދުވަހު ރަސްފަންނަު ބީޗް ސަރަހައްދުގަ އެވެ.

އާންމުކޮށް ހުޅުވާލައިގެން އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ އާއިލީ ހަވީރުގައި ގިނަ ހަރާކާތްތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ރަށްފުށުގެ ދިރިއުޅުމުގެ އެހާރާއި މިހާރާއި، ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން ގިނަ ކުޅިވަރުތަކާއި ސިފައިންގެ ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތަކެއް ވެސް ހިމެނެ އެވެ.

އާއިލީ ހަވީރު މާދަމާ ހަވީރު 4:00 ޖަހާއިރު ފަށާނީ ހާއްސަ ރަސްމިއްޔާތަކާއެކުއެވެ.