އޮފްބީޓް

36 އަހަރު ކުރިން ކާލި ދެ ގަލަން ނަގައިފި

May 12, 2017

ޗައިނާގެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ ވާން ނަމަކަށް ކިޔާ މީހެއްގެ ބަނޑުގައި އޮތް ދެ ގަލަން ބަނޑު ތެރޭގައި އޮންނަތާ 36 އަަހަރު ފަހުން ނަގައިފި އެވެ. ވާންގެ ބަނޑުގައި ގަލަންތައް ހުރިކަން މި ހުރިހާ ދުވަހު އޭނާއަށް ނުވެސް އެނގޭ ކަމަށް ޔްނައިޓެޑް ޕްރެސް އިންޓަނޭޝަނަލް (ޔޫޕީއައި) ނިއުސް އެޖެންސީން ރިޕޯޓްކޮށްފައި ވެއެވެ.

ވާންގެ ބަނޑުގައި އޮތް ދެ ގަލަން ދިރުވައިލީ އޭނާގެ އުމުރުން 14 އަހަރުގައި ބާޖް މަރައިގެން އޭނާއަށް ކުރި ނުލިބުމުން ކަމަށް އޮޕަރޭޝަން ކުރި ޑޮކްޓަރުން ގާތު އޭނާ ބުންޏެވެ. އޭނާގެ ބަނޑުން ގަލަން ނަގަން އޮަޕޭޝަން ކުރީ ޗައިނާގެ ޖިއާންސޫ ޕްރޮވިންސްގައިވާ ސޫޒޫ ނަމަކަށް ކިޔާ ރަށުގައިވާ ހޮސްޕިޓަލެއްގެ ޑޮކްޓަރުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ގަލަންތައް ބަނޑުގައި ހުރިކަން އެނގުނީ މިދިޔަ ފެބްރުއަރީ މަހު ކުރި އެކްސްރޭ އަކުން އެތަކެތި ފެނުމުން ކަމަށެވެ.


ވާންގެ ބަނޑުން ނެގި ގަލަންތައް މިހާރު ހުރީ ލިޔަން ބޭނުން ކުރެވޭ ހާލަތެއްގައި ކަން ނުވަނަ ނޫން ކަމެއް ނޭނގެއެވެ. އެކަމަކު ޔޫޕީއައި އިން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގަލަންތައް މާބޮޑަށް ހަލާކުވެފައެއް ނެތެވެ.