ފިނިޕޭޖް

ގަދަ ތިނަކާއި ދޭތެރޭ ކުރީގެ ތަރިން ބުނަނީ ކީކޭ؟

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ފޯރިގަނޑަކީ އެވާހަކަ ދެއްކުން ހުއްޓާލެވޭނެ ވަރުގެ ވާހަކައެއް ނޫނެެވެ. އެ ފޯރިގަނޑާ މަޖާގަނޑުގެ ތެރެއިން ފިޔަޖަހައިގަނެ މައްޗަށް އަރައިގަތް ތަރިންެ ތެރެއިން ދެތިން ތަރިއެއް ދެން ތިބި ހުރިހާ ތަރިއެއް ފާޑަކަށް ގެއްލުނީ އެވެ. މައްޗަށް އަރައި ވިދައިގަތީ މަދު ތަރި އެކެވެ. މިތަރިންނަކީ ދިވެހިންގެ ހިތްތަކުގެ ނިކަން ފުނަށް ވާސިލްވެފައިވާ ތަރިން ތަކެކެވެ. އެހެން ވީމަ އެމީހުންގެ ވާހަކަ ނުދައްކާ އެއް ގޮތަކަށްވެސް ދޫކޮށްލެވޭކަށް ނެތެވެ.

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަން ފެށުނު ފަހުން އެންމެ ގިނަ ބަޔަކު ބޭނުންވި އެއް ކަމަކީ މި ފަހަރުގެ ބައިވެރިންނާ އެބައިވެރިންނާ އަޅާކިއުމެވެ. މޮޅީ ކޮން ބައިވެރިންނެއްކަން ނިންމުމެވެ. ިފަހަރުގެ ބައިވެރިންނާ ދޭތެރޭ އެ ބައިވެރިން ދެކޭ ގޮތެވެ.

މިދިޔަ ސީޒަނުގެ ތަރިން ތެރެއިން މުހައްމަދު އިޝާން، ޝަލަބީ އިބްރާހިމް، މުހައްމަދު ޒަލީފް، މުހައްމަދު މުއައްޒިން އަދި އަބްދުﷲ ފާލިހު އަށް ގުޅާލާ ހިޔާލު ހޯދާލީމެވެ. މި ތިން ބައިވެރިން ފަރާތުންވެސް ފާހަގަވި އެއް ކަމެއް އެބައޮތެވެ. އެއީ މި ސީޒަނުގެ ބައިވެރިންނާމެދު އޮތް ޔަގީން ކަމެވެ. މިދިޔަ ސީޒްނުގެ ގަދަ ތިނަކަށް ދިޔަ އިޝާން، ޝަލަބީ އަދި ލައިޝާއަށް ވުރެ މި އަހަރު ބައިވެރިން މޮޅުކަމަށެވެ.

މިއަހަރުގެ ބައިވެރިންނާ ދޭތެރެ ޝަލަބީ މާބޮޑު އެއްޗެއް ބުނާކަށް ބޭނުމެއް ނުވެ އެވެ. ޝަލަބީ ބުނީ ގްރޭންޑް ފިނާލޭ ކައިރިވެފައިވާއިރު އައިޑޮލްގެ އަޑު ކުރިއަށްވުރެ އެތައް ގުނައެއް ގިނަވެ ފޯރިގަދަވެފައިވާ ކަމަށެވެ.

"މި ފަހަރު މި ތިބީ ވަރަށް މޮޅު ތިން ކުދިން. އެކަމަށް އެންމެ ޑިޒާވް ތިން ކުދިން އެއީވެސް. މި ތިން ބައިވެރިންގެވެސް މި ހުންނަނީ ތިން ޖޮންރާއެއް. އެކުއްޖެއްގެ ޖޮންރާއެއްގައި އެކުއްޖަކު ހަމަ ވަރަށް މޮޅު." މިއި މުއައްޒިންގެ ހިޔާލެވެ.

މި ބައިވެރިންނާ ދޭތެރޭ މުއައްޒިންގެ އުންމީދުތައް ވަރަށްވެސް ބޮޑެވެ. އައިޑޮލް އަށް ފަހު އަމިއްލަ އުފެއްދުންތަކެއް މިއުޒިކް އިންޑަސްޓްރީއަށް ނެރެ އެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ވަރަށް ބޮޑަށް މުއައްޒިން އުންމީދު ކުރެ އެވެ.

ފާލިހު، ޒަލީފް އަދި އިޝާންގެ ހިޔާލުވެސް ހުރީ މިހެންނެވެ. ދާއިރާއިން ނުގެއްލި އެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރާތަން ފެނުމަކީ މި ބައިވެރިންގެ އެންމެ ބޮޑު އުންމީދެވެ.

"ހަމައެކަނި ލަވަ ކިއުމަކަށް ނޫން އައިޑޮލްގައި މިބަލަނީ. އެއަށްވުރެ ގިނަ ކަންތައްތަކަށް. އެ ހުރިހާ ކަމަކަށް ބަލާއިރުވެސް ހަމަ އެންމެ ގާބިލް ކުދިން މި ތިބީ. އުންމީދު ކުރަން ދާއިރާގައި ދެމިތިބެ އާ އެއްޗެހި ތަކެއް ގެނެސްދޭނެ ކަމަށް." ރިސޯޓު މިއުޒިކް ކުޅެމުން އަންނަ ފާލިހު ބުނީ މިހެންނެވެ.

އެ ބައިވެރިންގެ ބިޒީ ޝެޑިއުލް އާ އެކުގައިވެސް މި ސީޒަނުގެ ޓައިޓަލް ގެންދާ ބައިވެރިޔަކީ ކޮބައިތޯ ބެލުމަށް މިހާރުވެސް ވަގުތު ހުސްކޮށްފި އެވެ. އެ ވަގުތުގެ އިންތިޒާރުގައި މިހާރުވެސް ތިބީ ކެންމަދުވެފަ އެވެ. ބައިވެރިންނަށް ދޭން ޖެހުނު ހުރިހާ ސަޕޯޓެއް ދޭން މި ބައިވެރިން ތިބީ ތައްޔާރަށެވެ.