ލައިފްސްޓައިލް

ރީއްޗަށް ދުވަސް ފަށައިދޭ ސިއްރަކީ އޯލްޑެންބާގާ ޕޯޝަން ބަޓަރު!

May 13, 2017

އަހަރުމެންގެ ދުވަސް ފެށެނީ ކާރޫބާރޫ ބޮޑުކޮށެވެ. މަސައްކަތަށް ފޮނުވަން ފިރިމީހާ ހޭލެއްވުމާއި ސްކޫލަށް ފޮނުވާން ދަރީން ގަދަކަމުން ނިދީން ހޭލެއްވުމަކީ ވަގުތާ ދެކޮޅަށް ހިނގާ ރޭހެކެވެ. އެއަށްފަހު ދަރީންގެ ސްކޫލް ދަބަސް ތައްޔާރުކޮށް، އިސްޓާކީނާއި ބޫޓު އެކިތަންތަނުން ހޯދަން ޖެހެއެވެ. އަދި ހެނދުނުގެ ނާސްތާ ތައްޔާރުކުރާން ޖެހެއެވެ. އެއީ ދުވަހުގެ އެންމެ މުހިއްމު ނާސްތާ އެވެ. މީރު، އަދި ހަށިގަނޑަށް ފައިދާ ކުރުވަނިވި ނާސްތާއެއް ތައްޔާރު ކުރުމަކީ ލިބޭ ފަޚުރެކެވެ. ނަމަވެސް ހެނދުނުގެ އެ ވަގުތަކީ ވަރަށް އުނދަގޫ ވަގުތެކެވެ.

ދުވަސް ފެށުމުގެ ގޮތުން ބޭނުންކުރާ ނާސްތާއަކީ ރަނގަޅު ނާސްތާއަކަށް ހެދުމަށް މަސައްކަތް ކުރަމެވެ. އެއީ އޯލްޑެންބާގާ ބޭނުން ކުރާ ވަގުތެވެ. ދިހަ ޕެކުގެ ކްރީމީ ހޯލްސަމް ބަޓަރަކީ އެންމެ ގާތް އެކުވެރިޔާ އެވެ. މި ބަޓަރު ކާނާގެ ކޮންމެ ބާވަތަކާއެކު ބޭނުން ކުރަން ވެސް ކަމުދެއެވެ. ތައްޔާރު ކޮށްލާން ފަސޭހަ ހަކަތަ ލިއްބައިދޭ ނާސްތާއަަކަށް އެންމެ ރަނގަޅު ބާވަތެވެ. އޯލްޑެންބާގާ އަކީ ހެނދުނުގެ ނާސްތާގެ އެންމެ މުހިއްމު ބައިވެރިޔާ އެވެ. އެއާ ނުލާ ހެނދުނުގެ ނާސްތާ ފުރިހަމައެއް ނުވެއެވެ. ބާޒާރަށްދާ ކޮންމެ ފަހަރަކު އޯލޑެންބާގާ ގަންނަނީ އެހެންވެގެންނެވެ.

އޯލްޑެންބާގާ ގެ އެންމެ ހިތްގައިމު ކަމަކީ ކުދި ތަށި ތަކުގައި ޕެކް ކުރެވިފައި ހުންނަ ކަމެވެ. އެހެންކަމުން ވަރަށްގިނަ ވަގުތު ސަލާމަތް ކުރެވެއެވެ. ބޮޑު ބަޓަރު ގަނޑެއް ގަނެގެން، އެ ގަނޑުފިލަންދެން ވަރަށް ގިނަ ވަގުތު ހުންނާންޖެހެ އެވެ. އޯލްޑަންބާގާ ބަޓަރުތަށްޓަކީ ވަގުތުން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. އަދި އެންމެ ތަށްޓަކުން ދެ ޕާންފޮތީގެ ޓޯސްޓެއްގައި ރީތިކޮށް ހާކާލެވެ އެވެ. އޯލްޑަންބާގާ އަކީ ތަފާތު ގިނަ ބޭނުންތަކަށް ބޭނުން ކުރެވިދާނެ ބަޓަރެކެވެ. އޯލްޑެންބާގާއަކީ ކުޅި ކާތަކެއްޗާއި ފޮނި ކާތަކެތި ހަދަންވެސް ވަރަށް ފައްކާ ބަޓަރެކެވެ.

ބިސްގަނޑު އަޅާށާއި، ތަރުކާރީ، މަސް، އަދި ސޮސެޖް ހަދަންވެސް އޯލްޑަންބާގާ ބޭނުން ކުރަމެވެ. އޭގެ ސަބަބުން ކާނާއަށް ކްރީމުގެ ރަހަ ގެނެސް ހިތްހަމަޖެހުން ލިއްބައި ދެއެވެ. ހެނުދުނުގެ ނާސްތާގައި ޓޯސްޓާއި ޕޭސްޓްރީ އަވަނުން ނަގާގޮތަށް ހޫނުކަންމަތީ އޯލްޑެންބާގާ ހޭކުމަކީ ކުދިވެރިން ވަރަށް ކުރާހިތްވާ ކަމެކެވެ. ގާލިކް ބްރެޑް ހަދާއިރު އޯލްޑެންބާގާ އާއި ލޮނުމެދާއި، ހާރބްސް އެއްކޮށްގެން ގާލިކް ބްރެޑްގައި ޗީޒްގެ ފަށަލައެއް ލާފައިދިނުމުން ފިރިމީހާއަށް ވެސް ވަރަށް ކަމުދެއެވެ.

މިއީ ހުރިހާ ނާސްތާއަކަށްވެސް އެންމެ ކަމުދާ ކާނާގެ ބާވަތެވެ. އެހެންކަމުން އެންމެ ކަމުދާ ރަހަފަތް ހިިއްސާކޮށްލާނަމެވެ.

އޯލްޑަންބާގާ ފްލަފީ އެޕަލް ޕޭން ކޭކް
ބޭނުންވާ ބާވަތްތައް

170ގ. ފުށް
90ގ. ހަކުރު
1 ސައިސަމުސާ ބޭކިން ޕައުޑަރ
½ ސައިސަމުސާ ލުނބޯ ޖޫސް
75ގ. އާމަންޑު (ކޮށާފައި)
2 ބިސް
180 މިލި ލީޓަރު އޯލްޑެންބާގާ ފުލް ކްރީމް މިލްކް
1 އާފަލު
1 ސައިސަމުސާ ވެނީލާ އެސެންސު
½ ސައިސަމުސާ ފޮނިތޮށި
ލޮނުކޮޅެއް
އޯލްޑެންބާގާ ބަޓަރު (ތެލުލާން)

ތައްޔާރުކުރާނެ ގޮތް

• ހަކުރާއި، ބޭކިން ޕައުޑަރާއި، ލޮނުކޮޅު ފުށާ އެއްކުރާށެވެ.
• ތަވާ އުނދުން މައްޗަށް އުދައި، މަޑުގިނީގައި ހަކުރާއި ލުނބޯ ޖޫސް ހޫނު ކުރާށެވެ. ހަކުރު ރަނގަޅަށް ވިރުމުން އާމަންޑުކޮޅު އަޅައި، ރަތް (ކެރެމަލައިޒް) ވާންދެން ކައްކާށެވެ. ގާތްގަނޑަކަށް 4 މިނިޓު ވާންދެން ކެއްކީމާ ރަނގަޅުވާނެއެވެ. ދެން އުނދުނުން ބާލާށެވެ.
• ބިހުގެ ގޮބޮޅީއާއި ހުދުބައި ވަކިކުރާށެވެ.
• ހުދުބައި ސްޕޮންޖަކަށް ވާންދެން ގިރާށެވެ.
• ދެން އެހެން ތަށްޓެއްގައި ބިހާއި ކިރު އެއްކުރާށެވެ. ދެން އޭގެ ތެރެއަށް މަޑުމަޑުން ފުށް އަޅައި ރަނގަޅަށް އެއްކުރާށެވެ. ފުށްގަނޑުގެ ތެރެއަށް ބިހުގެ ހުދުބައި އަޅާށެވެ.
• ދެން ފުށްގަނޑުގެ ތެރެއަށް އާފަލު ގާނާފައި އަޅާށެވެ. އެއަށްފަހު ވެނީލާ އެސެންސު އަޅައި އެއްކުރާށެވެ.
• ދެން ތަވައެއްގައި، މެދު މިނުގެ ހޫނުގައި އޯލްޑެންބާގާ ބަޓަރު ހޫނުކުރާށެވެ. ދެން ގިރާފައިވާ ފުށްގަނޑު ސަމުސަލަކުން ތަވަޔަށް އަޅައި ރަންކުލަ އަރާންދެން ކައްކާށެވެ.
• ކެރެމަލައިޒު ކުރި އާމަންޑު ނަޓާއި އޯލްޑެންބާގާ ބަޓަރާ އެކު ކާން ނަގާށެވެ. ސުފުރާ ތައްޔާރު ކުރާށެވެ.
މިއީ ހެނދުނު ނާސްތާއަށް ވަރަށް ރަނގަޅު ބާވަތެކެވެ. ތިޔަ ޢާއިލާއަށްވެސް ވަރަށް ކަމުދާނެކަމަށް އުއްމީދު ކުރަމެވެ.

އޯލްޑެންބާގާ ރާއްޖެ އެތެރެކޮށް ވިއްކަނީ ހެޕީ މާކެޓް ޓްރޭޑިންގ ކޯމްޕެނީ ޕުރައިވެޓް ލިމިޓެޑް އިންނެވެ. ލިބެން ހުންނާނީ ހެޕީ މާކެޓުގެ ހުރިހާ އައުޓްލެޓަކުންނާއި އަދި ބައެއް ރީޓޭލް ފިހާރަތަކުންންނެވެ.