ހަބަރު

ކުދި ވިޔަފާރީގެ މާހިރުންނާއެކު ބީސީސީގެ ބޯޑު އެކުލަވާލައިފި

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ މާހިރުންނާއެކު ސަރުކާރުން އެކުލަވާލައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީސީސީގެ ޗެއާމަން ކަމަށް ސޯލިހު ހުސެއިން ހަމަޖައްސައި މެނޭޖިން ޑިރެކްޓަރު ކަމަށް އަހުމަދު މުންތާޒު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން މި ކުންފުނީގެ ބޯޑުގައި ހިމެނިވަޑައި ގަންނަނީ ހަސަން މިރާޝް އާއި ސާދާ މުހައްމަދު އަދި އަލީ ނާޝިދު އެވެ.

ބީސީސީގެ ޗެއާމަން ކަމަށް ސަރުކާރުން ހަމަޖެއްސެވި ސޯލިހުއަކީ އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވްލޮޕްމަންޓު (އީޑީ) ގެ މަސައްކަތް ކުރައްވާ، ސްޕެޝަލިސްޓެކެވެ. އަދި މުންތާޒުއަކީ ވެސް އީޑީގެ ވެލިއުޗެއިން ކެޕޭސިޓީ ބިލްޑިން ސްޕެޝަލިސްޓެކެވެ.

ސަރުކާރުން ބީސީސީ ކުންފުނި އުފެއްދިއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއަރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އީޑީ މެދުވެރިކޮށް ރާއްޖޭގެއެކި ހިސާބުތަކުގައި ބިޒްނަސް ސެންޓަރުތައް ގާއިމްކޮށް ގެޓްސެޓް ލޯނު ވެސް ވަނީ ދޫކޮށްފަ އެވެ. އަދި ކުދި ވިޔަފާރިއަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ވެސް ދަނީ ހިންގަމުންނެވެ.