ބިޒްނަސް ސެންޓާ ކޯޕަރޭޝަން

ކުދި ވިޔަފާރިތަކުން ތައްޔާރުކުރާ ހެދިކާ ވިއްކަން ހާއްސަ އިވެންޓެއް

Mar 22, 2022

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ކާބޯތަކެތީގެ ވިޔަފާރި ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުސަތު ދިނުމަށް ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައިފި އެވެ.

ހުޅުމާލޭގައި މި އިވެންޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ "އެސްއެމްއީ ފުޑް އިވެންޓް"ގެ ނަމުގައި މިމަހުގެ 25 ވަނަ ދުވަހު އެވެ.

އިވެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

މި އިވެންޓް ކުރިއަށް ގެންދަން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ހިލޭ ވަދެވޭ ގޮތަށެވެ.

ބީސީސީން ބުނީ މި އިވެންޓްގައި ހޯމް މޭޑް ނުވަތަ އަމިއްލައަށް ތައްޔާރު ކޮށްފައިވާ ކާބޯތަކެތި ވިއްކުމުގެ ފުރުސަތު ބައިވެރިވާ އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ.

އެސްއެމްއީ ފުޑް އިވެންޓްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން ހާއްސަ ފޯމެއް ފުރުމަށްފަހު ބީސީސީ އަށް ހުށަހަޅަންޖެހެ އެވެ.

ބީސީސީން ބުނީ ބައިވެރިވުމުގެ ފުރުސަތު ދޭނީ ފޯމް ހުށަހަޅާ ތަރުތީބަށް ބެލުމަށްފަހު ކަމަށެވެ.

އިވެންޓްގައި ބައިވެރިވުމަށް ރެޖިސްޓްރީވުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 24ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1200ގެ ނިޔަލަށެވެ.