އައްޑޫ ސިޓީ

އަނެއްކާވެސް އައްޑޫގައި ގާމެންޓް ފެކްޓަރީ ހަދަން ހުޅުވާލައިފި

Dec 19, 2020
6

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އައްޑޫ އަތޮޅުގައި ހަދާ ގާމެންޓް ފެކްޓަރީއަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދަން ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު ކުރިން ވެސް ދިނެވެ. މިއީ ދެވަނަ ފަހަރަށް ހުޅުވާލުމެކެވެ.

ބީސީސީން ބުނީ މި ޕްރޮޖެކްޓަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހު މެންދުރު 1:00 ޖެހުމާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި މީޓީން ރަޖިސްޓްރޭޝަން މެދުވެރިކޮށް ބައިވެރިވޭނެ ކަމަށެވެ.

އަނެއްކާ ވެސް އަޑޫގައި ގާމެންޓް ފެކްޓަރީއެއް ހަދާ މި ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ވެސް ހޯމަ ދުވަހު އެވެ. އެ ބައްދަލުވުން އޮތީ މެންދުރު 3:00 ޖަހާއިރު އޮންލައިންކޮށެވެ. އެ ސެޝަންގައި ބައިވެރިވެ ނުވާ މީހުނަށް ބައިވެރިއެއް ނުވެ އެވެ.

މި ޕްރޮޖެކްޓަށް ހިސާބު ހުށަހެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ބީލަން ހުށަހަޅާނީ ޕާސްވޯޑް ޕްރޮޓެކްޓް ކޮށްފައިވާ ފައިލެއްގައި ބީސީސީގެ ޕްރޮކިއުމަންޓަށެވެ.

މީގެ ކުރިން އައްޑު އަތޮޅުގެ ގަމުގައި ވަނީ ކާމިޔާބު ކަމާއެކު ފެކްޓަރީތައް ހިންގާފަ އެވެ. ނަމަވެސް ތަފާތު ސަބަބުތައް އޭރު މެދުވެރި ވެގެން އައްުޑޫ އާއި ލ. ގަމާއި ކ. ތުލުސްދޫ އާއި ހދ. ހަނިމާދޫގައި ހިންގި އެފަދަ ފެކްޓްރީތައް ނުހިންގި، ބޮޑެތި މައްސަލަތައް ވެސް ދިމާވެ ބަންދުކުރީ އެވެ.

މިހާރު އައްޑޫގައި ފެކްޓަރީ އަޅަން އުޅޭ ބީސީސީ އެކުލުވައިލީ މޭ 14، 2017 ގަ އެވެ، އެ ތަނުން މިހާތަނަށް ކުރި ކަމަކީ ރާއްޖޭގެ އުފެއްދުންތައް ބާޒާރަށް ނެރެން އެހީވާން ޕްރޮގްރާމެއް ފަށަން ނިންމުމާއި ހުޅުމާލެ ސެންޓްރޯ މޯލްގައި ހުޅުވާ ދިވެހި އުފެއްދުންތަކުގެ ފިހާރާގައި އުފެއްދުންތައް ބެހެއްޓުމުގެ ފުރުސަތެއް ހުޅުވައިލުމެވެ.