ރިޕޯޓް

ބްރީތްލައިފް: ކަސްރަތަށް ބަހަނާއެއް ނެތް، ބިޒީ މީހުންގެ ޖިމް!

May 16, 2017
  • ރާއްޖެއަށް އާ ގިނަ ޕްރޮގްރާމްތަކެއް ހިންގާ
  • ޕާސަނަލް 20 ތަފާތު ޕްރޮގްރާމެއް
  • ހުރިހާ އުމުރު ފުރައަކަށްވެސް ހާއްސަ

"ބިޒީ ކަމުން ހަމަ ކަސްރަތު ކުރަން ނުދެވެނީ!" މި ވާހަކަ އަބަދު އަޑު އިވޭނެ އެވެ. ކަސްރަތު ކުރަން ދާން މިހާރު އޮތް އެއް ބަހަނާއަކީ ބިޒީވުމަށް ވެދާނެ އެވެ. އެކަމަކު އެކަމަށްވެސް ހައްލު މި ފެނުނީއެވެ. ހައްލު ރާއްޖެ އެތެރެކޮށްދީފައި މިވަނީ "ބްރީތްލައިފް" ޖިމުންނެވެ. މި ތަން ހާއްސަ ވަނީ ބުރަކޮށް އުޅޭ ބިޒީ މީހުންނަށެވެ.

"މިހާރު ގިނަ މީހުން މި އުޅެނީ ވަރަށް ބިޒީކޮށް، ވަރަށް ބުރަކޮށް. އެހެންވެ ކޮންމެ ދުވަހަކު ދެ ގަޑިއިރު ޖިމްގައި ހޭދަކުރަން ވަގުތެއް ނޯވެ. އެހެންވެ އަޅުގަނޑުމެން މި ގެނެސްދެނީ އެކަމަށް ހައްލެއް،" ރެހެންދި ފްލެޓް ތިނެއްގެ ތިރީގައި ހުޅުވާފައިވާ "ބްރީތްލައިފް" ޖިމް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތެރިވާ ނަހުލާ އަހުމަދު ބުންޏެވެ.

"ބްރީތްލައިފް" އިން ޕްރޮމޯޓް ކުރަނީ ހަށިގަނޑުގެ ބައްޓަން ރަނގަޅު ކުރުމާއި ހިތްހަމަ ޖައްސަައި ދިނުން އަދި ކަސްރަތެވެ. އެކަމަށްޓަކައި މިޖިމުން ވަނީ ރާއްޖެއަށް މުޅިންއާ ގިނަ ޕްރޮގްރާމްތަކެއް ގެނެސްދީފަ އެވެ. މީގެތެރޭގައި ހިމެނޭ އެންމެ ހާއްސަ އެއް ޕްރޮގްރާމްއަކީ "ޕާސަނަލް 20" އެވެ.

ޕާސަނަލް 20: ބިޒީނަމަ ނަގަންވީ މި

"ޕާސަނަލް 20" އަކީ އިލެކްޓްރޯ ފިޓްނަސް ޕްރޮގްރާމެވެ. ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ މި ޕްރޮގްރާމުގައި ހެދުމަށްޓަކައި ބޭނުންވާ ފުރިހަމަ އާލާތްތައް ބްރީތްލައިފްގައި ވަނީ ގާއިމްކޮށްފަ އެވެ. މިގޮތުން މި ޕްރޮގްރާމު ހަދާ މީހާ ހާއްސަ ޖެކެޓެއް ލައްވާނެ އެވެ.

ނަހުލާ ބުނި ގޮތުގައި މި ޕްރޮގްރާމްއަކީ 20 މިނެޓުގެ ޕްރޮގްރާމެއް ކަމަށާއި، މިއީ ބިޒީ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

"މި ވޯކްއައުޓް މި ކުރަނީ އިލެކްޓްރިކް ވޯކްއައުޓް ސްޓްމިއުލޭޝަން ދީގެން. އެހެންވީމަ އެތެރޭގެ ޑީޕް މަސަލްސް ވޯކް ކޮށްލާނެ. މީގައި ހުރޭ ގައިގައި ހަކަތަ ޖައްސާނަމަ ވަކި ޕްރޮގްރާމެއް. މިގޮތަށް ތަފާތު ވާނެ. ފެޓް ބާނިން އަށް ވެސް ވަކި އެއްޗެއް އިންނާނެ" ނަހުލާ ބުންޏެވެ.

ދެން އޮތް ސުވާލަކީ މި ޕްރޮގްރާމާއި އާއްމު އެހެން ޕްރޮގްރާމްތަކާ އޮތް ތަފާތަކީ ކޮބައިބާ އެވެ؟ ބޭނުންވަނީ ކުރު މުއްދަތުން ނަތީޖާ ކަމަށްވެދާނެ އެވެ.

"މި ބޭނުން ކުރުމުން މީގެންލާ ޓައިމް އާއި އެފަޓަށް ބަލާއިރު ވެސް ނަޖީތާ އަވަސްވޭ. ޖިމް އަށް ކޮންމެ ދުވަހަކު ގޮސް ދެ ގަޑިއިރު ހޭދަ ކުރުން މިހާރު މުހިންމެއް ނޫން. ސަބަބަކީ ވޯކްއައުޓް ނޫން އެހެން ކަންކަން ވެސް ލައިފްގައި ކުރަން ޖެހުން. އެކަމަށް ވަގުތު ބޭނުންވުން. އަނެއްކާ އަޅުގަނޑުމެން މިތިބެނީ އަބަދު ކަސްރަތު ކުރާކަށްނޫން. ހުޅުތަކަށްވެސް ބަލަން ޖެހޭތާ؟ އެގޮތަށް ބަލާއިރުވެސް މި ތަފާތު ވާނެ،" ފިޓްނަސްގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު ޓްރެއިނަރު، ނަހުލާ ބުންޏެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވާ ގޮތުން ހަފުތާއަކު ނަގަން ޖެހޭނީ އެންމެ ދެ ކްލާހެވެ. މީގެ ސަބަބުން ބިޒީކޮށް އުޅޭ މީހުންނަށް ވަގުތު ސަލާމަތް ކުރަން ފުރުސަތު ލިބެއެވެ. މި ޕްރޮގްރާމަށް މަހަކަށް ނަގަނީ އެންމެ 3،000ރ. އެވެ.

މީގެ އިތުރުން ބްރީތްލައިފްގައި ރާއްޖެއަށް އާ ގިނަ ޕްރޮގްރާމް ތަކެއް ވެސް ހިންގަ އެވެ. މީގެ ތެރޭގައި ބްރީތިން ފިޓްނަސް އަށް ހާއްސަކޮށް "ނިރުވާނާ" ޕްރޮގްރާމާއި "ދެ ވައްތަރުގެ ޕިލާޓީސް ޕްރޮގްރާމް" ހިމެނެ އެވެ. މީގެ އިތުރުން ޔޯގާގެ ގިނަ ވައްތަރުތަކާއި "ފްރީ-ސްޓައިލާ" ގެ އިތުރުން އާއްމުކޮށް ގިނަ ޖިމްތަކުގައި ހަދާ ޒުމްބާ އާއި ޕާސަނަލް ޓްރެއިނިން ވެސް ހިމެނެ އެވެ.

"މި ހުރިހާ ޕްރޮގްރާމެއް ވެސް ހިންގާނީ ބޭރުން ތަމްރީން ވެގެން އައިސްތި ބި ދިވެހިން،" ނަހުލާ ބުންޏެވެ.

ނަހުލާ ބުނި ގޮތުގައި ބްރީތްލައިފް މައިގަނޑު މަގުސަދަކީ ހުރިހާ ފަންތިއެއްގެ ބަޔަކަށް ވެސް ހިދުމަތް ކުރުމެވެ.

"ބައެއް މީހުން ބޭނުންނު ވެދާނެ އޮފީހުގައި ބިޒީކޮށް އުޅެލާފަ. ގޮސް ޖިމްގައި ގިނައިރު އުޅެން. ގޮސް ހައި އިންޓެންސިޓީކޮށް ވޯކް އައުޓް ކުރަން ބޭނުން ނުވެދާނެ. އެ ފަދަ މީހުންނަށް ވެސް މިތަން ވަރަށް ކަމުދާނެ. މިއާއެކު މި ތަނުގައި ރެސިސްޓެންސް ބޭންޑުން ހަދާ ޕްރޮގްރާމްތައް ވެސް ހުންނާނެ."