ހަބަރު

ވަޅިން ޒަހަމްކޮށްލި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލްގެ ސަރަހައްދުގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭ އެ ހޮސްޕިޓަލަށް ގެނައި 20 އަހަރުގެ ޒުވާނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަމަށާއި މޭ މަތީގެ ތިން ތަނެއްގައި ވެސް ވަޅި ހަރާފައި ހުރި ކަމަށެވެ. ނަމަވެސް މިހާރު އެ ތަންތަން ފަހާފައިވާ ކަމަށާއި އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ ޒަހަމްވީ މީހާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި. އޭނާގެ ހާލު ރަނގަޅު،" އޮފިޝަލަކު ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.