ކުޅިވަރު

ސެމީގައި ތިން ވަނަ ހޯދައި ސާއިދު ފައިނަލަށް

May 16, 2017

އަޒަރުބައިޖާންގެ ބަކޫގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފިރިހެންނުންގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ތިން ވަނަ ހޯދައި ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިފަހަރުވެސް ސާއިދު ރޭސް ނިންމީ 10.40 ސިކުންތުން ނެވެ. ހީޓްގައިވެސް އޭނާ ރޭސް ނިންމީ، 10.40 ސިކުންތުން ނެވެ. ސެމީ ފައިނަލުގައި ދުވި 22 ބައިވެރިންގެ ތެރެއިން ސާއިދު ރޭންކް ކޮށްފައި ވަނީ ތިން ވަނައިގަ އެވެ.

ސާއިދު ދުވި ހީޓްގައި އެއް ވަނަ ހޯދާފައި ވާނީ އޮމާންގެ އަލް ހާރިސީ ބަރަކާތު އެވެ. އޭނާ ރޭސް ނިންމީ 10.35 ސިކުންތުން ނެވެ. ދެ ވަނަ ހޯދީ، ދެ ވަނަ އަށް ދިޔައީ، ޓަފިޓިއަން ހަސަން އެވެ. އޭޏާ ރޭސް ނިންމީ 10.36 ސިކުންތުން ނެވެ.

މުޅި ސެމީ ފައިނަލުން އެއްވަނަ ހޯދީ ބަހްރެއިންގެ ފިޝާ އެންޑްރޫ އެވެ. އޭނާ ރޭސް ނިންމީ 10.22 ސިކުންތުންތުން ނެވެ. މިއީ ހީޓް ފުރިހަމަ ކުރި ވަގުތަށް ވުރެ 0.2 ލަސް ވުމެކެވެ. ހީޓް އޭނާ ފުރިހަމަ ކުރީ 10.20 ސިކުންތުން ނެވެ.

ހީޓްގައި ސާއިދު އާއި އެއް ހީޓެއްގައި ދުވިެ، އެއް ވަގުތެއްގައި ރޭސް ނިންމި ރުރުކީގެ ގްލިއެވް ރާމިލް ވަނީ މިފަހަރު ޕޮއިންޓް 0.9 އަވަހަށް ރޭސް ނިންމާފަ އެވެ. މިފަހަރު އޭނާ ރޭސް ނިންމީ1031 ސިކުންތުން ނެވެ. ސެމީގައި އޭނާ ވެސް ރޭންކް ކޮށްފައި ވަނީ އެއް ވަނައިގައެވެ.
ފައިނަލުގައި ވާދަ ކުރާނީ އަށް ބައިވެރިން ނެވެ. ފައިނަލު އޮންނާނީ ރާއްޖޭގަޑިން 8:25 ގަ އެވެ.