ހަބަރު

މި އަހަރުގެ ހުޅަނގު މޫސުން ދާނީ އާދައިގެ ގޮތަކަށް: މެޓް

May 16, 2017
2
މާލެއަށް ބޯކޮށް ވާރޭ ވެހެނީ -- ފައިލް ފޮޓޯ | އަވަސް
0%
0%
0%

މި ދުވަސްކޮޅު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވިއްސާރަ ވެހެނީ ހުޅަނގު މޫސުން ފެށިފައިވާތީ އާއި މި އަހަރުގެ ހުޅަނގު މޫސުން ދާނީ އާދައިގެ ގޮތަކަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ރާއްޖެއަށް އާންމު ގޮތެއްގައި ހުޅަނގު މޫސުން ފެށެނީ މިދުވަސްވަރު ކަމަށާއި މިހާރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާ ކަމަށެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޮޑަށް ވިއްސާރަކޮށްފައި ވަނީ މެދު ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަމަށާއި އެގޮތުން ސ. ގަމަށް 77 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު ގދ. ކާޑެއްދޫއަށް 53 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި މޫސުން ލަފާ ކުރާގޮތަށް އަލި އަޅުވާލާ މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ވިއްސާރަ އަންނަ ހަފްތާގެ އާދީއްތަ ދުވަހާ ހަމަޔަށް ކުރާނެ ކަމަށެވެ. އަދި ގަޑިއަކު 15 މޭލާއި 25 މޭލު ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެ އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް ވެސް މި ދުވަސްވަރު މޫސުމަށް ސަމާލު ވާން އަނގައިފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345