ކުޅިވަރު

ކުޅުންތެރިންނަށް އެޅި ފިޔަވަޅަށް އެޕީލް ކޮމީޓީން ތާއީދު ކޮށްފި

May 18, 2017

މިމަހު ހަތް ވަނަ ދުވަހުގެ ރޭ އީގަލްސް އާއި ނިއުރޭޑިއަންޓް ބައްދަލު ކުރި މެޗަށްފަހު، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ދެ މެދުގައި ހިންގި ކުރިމަތިލުންތަކުގެ މައްސަލަ ބަލައި، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން، ފިޔަވަޅު އެޅި ކުޅުންތެރިންންނަށް ދިން އަދަބަށް އެޕީލް ކޮމިޓީން ތާއީދު ކޮށްފި އެވެ.

އެ މެޗަށްފަހު، ދެ ޓީމުގެ ކުޅުންތެރިން ސަލާން ކުރަމުން ދިޔަ ވަގުތު މައްސަލަ ހޫނު ވާން ދިމާވީ ނިއުގެ ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯ އާއި އީގަލްސްގެ އިބްރާހިމް މުބީން އާއި ދެމެދު ހިނގި ކުރމަތިލުމާ ގުޅިގެން ނެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން، ނިއުގެ ހަތަރު ކުޅުންތެރިޔަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ. ގޯލްކީޕަރު އިމްރާން އަދި ކެޕްޓަން އިމްރާން މުހައްމަދާއި ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯ އާއި ހޮލެންޑްގެ މިޑްފީލްޑާ ޖަމެލް ރޮމާނޯ ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. ދެން ފިޔަވަޅު އަޅާފައި ވަނީ އެދުވަހުގެ ޓީމު ލިސްޓްގައި ނުހިމެނޭ ކުޅުންތެރިޔެއް ކަމަށްވާ ސޮލާހް އަށެވެ. ސޮލާ އަށް ފިޔަވަޅު އަލާފައި ވަނީ ސަޕޯޓަރުންގެ އޭރިއާ ތެރޭގައި ހުރެ ދަނޑަށް އަރައި ހަމަނުޖެހުން ހިންގުމުން ނެވެ. އޭނާ ވަނީ ހަމެ ޗަށް ސަސްޕެންޑް ކޮށްފަ އެވެ.

ނިއު އިން ހުށަހެޅި އިސްތިއުނާފް މައްސަލައާ ގުޅިގެން އިސްތިއުނާފް ކޮމިޓީން މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ ޑިސިޕްލިނަރީ ކޮމިޓީން ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށް ކަމަށެވެ.

އީގަލްސްގެ މުއްކި އާއި އެސިސްޓެންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) އަށް ވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ. މުއްކި ސަސަޕެންޑް ކުރީ ދެ މެޗަށެވެ. ނިމާ ސަސްޕެންޑް ކުރީ ފަސް މެޗަށެވެ.