ތައިލެންޑްގެ ޕުކެޓުން ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރުކުރި މަތިންދާބޯޓެއް ކުއްލިހާލަތުގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭަޝަނަލް އެއާޕޯޓް ( ބިއައިއޭ) އަށް ޖައްސައިފި އެވެ.
ބޯޓުން ދަތުރުކުރި މީހަކަށް ގެއްލުމެއް ލިބުނުކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.
ބީއައިއޭގެ އޮފިޝަލުންނާ ހަވާލާދީ ސަންޑޭޓައިމްސް ނޫހުން ބުނީ ގަތަރު އެއާަލައިންގެ މަތިންދާބޯޓް ކުއްލި ހާލަތުގައި އެ އެއާޕޯޓަށް ޖެއްސީ އެބޯޓްގެ ތެރެއިން ދުން އަރާތީ ކަމަށެވެ. އެއާ ބަސް އޭ 320 މަރުކާގެ އެ މަތިންދާބޯޓް ބީއައިއޭ އަށް ޖެއްސީ ރައްކާތެރިކަމާއި އެކުގައި ކަމަށް ނޫހުން ބުންޏެވެ.
އެބޯޓް ޖެއްސުމުގެ ކުރިން އެ ސަރަހައްދުގެ އަލިފާން ނިވާ މީހުންނާއި ނިގަމްބޯ ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ ސަމާލުކަމަށް ގެނެސްފައެވެ.