ކުޅިވަރު

ސަރަހައްދީ ޓީޓީ މުބާރާތުން ރާއްޖެއަށް ދެ ބްރޯންޒް މެޑަލް

May 20, 2017

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތުން ކެޑޭޓް ކަޓަގަރީގެ ޓީމާއި 18 އަހަރުން ދަށުގެ އަންހެން ޓީމް ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ޕާކިސްތާންގެ ބަލިކޮށް، ކެޑޭޓް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދީ، އެއް ވަނަ ޒުވާން ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް އާއި މަލީޝާ އެވެ. ކެޑޭޓް ކެޓަގަރީއަކީ، 16 އަހަރުން ދަށާއި 15 އަހަރުން ދަށް ހިމެނޭ ގޮތަށް ޓީޓީގައި ކަނޑައަޅާފައި ނަމެވެ.އެ ދެ ކުޅުންތެރިން ވަނީ ޕާކިސްތާން ޓީމުގެ މައްޗަށް 3-1 ގޭމުން ކާމިޔާބު ހޯދާފަ އެވެ.

އަށާރަ އަހަރުން ދަށުގެ ކެޓަގަރީގައި، ރަފާ އާއި ލައިސާ އަދި މަލޫޝާ ހިމެނުނު ޓީމު އިވެންޓުން ވަނީ ބްރޯންޒް މެޑަލް ހޯދާފަ އެވެ. އެ ކެޓަގަރީގެ ބްރޯންޒް މެޑަލް ހޯދީވެސް ޕާކިސްތާން 3-1 ގޭމުން ބަލިކޮށްގެން ނެވެ.

މިދިޔަ އަހަރު، ޕާކިސްތާންގައި ބޭއްވި މުބާރާތުން، ރަފާއާއި ލައިސާގެ ޕެއާ ވަނީ ރިހި މެޑަލް ހޯދި އެވެ. އަދި ރާއްޖެއިން ވަނީ ޓީމު އިވެންޓްގައި ލޯ މެޑަލް ހޯދާފަ އެވެ.

މިދިޔަ އަހަރު ކެޑޭޓް ކެޓަގަރީން ވެސް، ރާއްޖެއިން ރިހި މެޑަލް ހޯދި އެވެ.