ރާއްޖޭގައި މިހާރު ކުރިއަށްދާ ސަބާ ޗެމްޕިއަންޝިޕްގައި، ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ހިތްދަތި ގޮތަކަށް ދެ ޕޮއިންޓްގެ ތަފާތަކުން ރާއްޖެ ބަލިވެއްޖެ އެވެ. ނޭޕާލުން މެޗު ކާމިޔާބު ކުރީ 61-59 ޕޮއިންޓުން ނެވެ.
މެޗު ރަނގަޅަށް ފަށައި، ލީޑް ނަގަމުން ދިޔައީ ދިވެހި ޓީމުން ނެވެ. ފުރަތަމަ ކްއްޓާގާއި ދެ ޓީމު 16-16 އިން އެއްވަރުވެގެން ނިމުނު ނަމަވެސް، ދެ ވަނަ ކްއާޓާގައި ރާއްޖޭގެ ޓީމުން ފެނުނީ ތަފާތު ކުޅުމެކެވެ.
ދެ ވަނަ ކްއާޓާ ރާއްޖެއިން ނިންމާލީ ނޭޕާލްގެ މައްޗަށް ހަތް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ދެވަނަ ކްއާޓާގައި ރާއްޖެއިން 36 ޕޮއިންޓް ހަމަ ކުރިއރު، ނޭޕާލަށް ހޯދިފައި 29 ޕޮއިންޓެވެ.
ރާއްޖެ އަށް މައްސަލަ ދިމާވީ، ތިން ވަނަ ކްއާޓާގައެވެ. ނޭޕާލް ޓީމުން ކުޅުން ރަނގަޅުކޮށް، ތިން ވަނަ ކްއާޓަރު ނިންމާލީ 36-36 ޕޮއިންޓޤުން ދެ ޓީމު އެއްވަރެއްގައި އޮވެގެން ނެވެ.
ފަހު ކްއާޓަގައި، ނޭޕާލް ޓީމުން ފެނުނީ ތަފާތު ކޮށެވެ. އެޓީމުން ލީޑްގައި ދަމހައްޓަމުން ދިޔައިރު، ކްއާޓާގެ ފަހު ވަގުތަށް އެލުނު އިރު ރާއްޖޭގެ ކުޅުން ރަނގަޅު ކުރިނަމަވެސް، މެޗު އެނބުރާލެވޭނެ ގޮތެއް ނުވި އެވެ.
ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދީ، 16 ޕޮއިންޓް ހޯދައިދިން، އަބްދުލް ލަތީފް ޒަކަރިއްޔާ އެވެ. ނޭޕާލް ޓީމުން އެންމެ ފިނަ ޕޮއިންޓް ހޯދީ، ޝަރިތާ އަޝިމް އެވެ. އޭނާ ވަނީ 19 ޕޮއިންޓް ހޯދާފަ އެވެ.
އިއްޔަ ހަވީރު، ބަންގުލަދޭޝް އާއި ލަންކާ ބައްދަލު ކުރި މެޗު 10 ޕޮއިންޓްގެ ތަފާތަކުން ކާމިޔާބު ކުރީ ބަންގުލަދޭޝް އެވެ. ބަންގާޅުން 90 ޕޮއިންޓް ހޯދިއިރު، ލަންކާ އަށް ހޯދުނީ 80 ޕޮއިންޓެވެ.
މިއަދު ހަވިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ، އިންޑިއާ އާއި ލަންކާ އެވެ. ރޭގަނޑު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ރާއްޖެއާ ބަންގުލަދޭޝް އެވެ.