ކުޅިވަރު

އެއްވަނަ ކޭއެޗް އެކެޑެމީ އާއި ޓީއެފްއޭ އަށް

May 21, 2017

ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި، ފަސް ކިލޯ މީޓަރުގެ ޓީމު އިވެންޓް ދުވުމުގެ ސީނިއާ ކެޓަގަރީން ކުޑަ ހުސައިން ސްޕޮޓްސް އެކަޑަމީ (ކޭއެޗް އެކަޑަމީ) ޗެމްޕިއަންކަން ހޯދައިފި އެވެ. އަދި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ، ޓީއެފްއޭ ބޯއީސް އެވެ.

ސީނިއާ ކެޓަގަރީގެ ދެ ވަނަ ހޯދީ ކުލަބު ކާމް ސްޕޯޓްސް އެވެ. ތިން ވަނަ ހޯދީ ޓީއެފްއޭ ރަނާސް އެވެ.

ޖޫނިއާ ކެޓަގަރީގެ އެއް ވަނަ ހޯދީ، ކޭވައި ސްޕޯޓްސް އެކަޑަމީ އެވެ. ތިން ވަނަ ހޯދީ، ކޭއެޗް ސްޕޮޓްސް އެކަޑަމީ އެވެ.

ހުޅުމާލޭގައި، ކުރިއަށް ގެންދިޔަ ރަން ގައި 60 ޓީމު ބައިވެރިވެފައިވާ ކަމަށް، ސްޕޯޓްސް ކޯޕަރޭޝަނުން ބުނެ އެވެ. މި ރަންގައި، އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޓީމެއް 5K ރަންއެއްގައި ބައިވެރިވެ ކަޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރަން ނިންމުންކަން ސްޕޯޓްސް ކޮމިޝަނުން ފާހަގަ ކުރެ އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަށް ވީލްޗެއަރގައި، ރަން ނިންމީ ރަނަރސް މޯލްޑިވްސްގެ އެހީތެރިންގެ އެހީއާއިއެކުއެވެ.

ރޭސް ނިންމަން ކަނޑައެޅިފައި ވަނީ 45 މިނެޓް ތެރޭގައެވެ. އެ ވަގުތުގައި ރޭސް ނިންމި ކޮންމެ ފަރާތަކަށް މެޑަލް ދީފައި ވެއެވެ.