ދުނިޔެ

ލަންކާ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފި

May 22, 2017

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފިއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ކެބިނެޓަށް ގެންނެވި ބަދަލުތަކުގައި އެކި މިނިސްޓްރީތަައް ހަވާލުކުރެއްވި ނުވަަ ބޭފުޅަކު މިއަދު މިނިސްޓަރުކަމުގެ ހުވާ ކުރެއްވި ކަމަށެވެ. އެބޭފުޅުން ހުވާކުރެއްވީ ރައީސް ސިރިސޭނާއާއި ބޮޑުވަޒީރުގެ ކުރިފުޅުމަތީ ލަންކާގެ ރިޔާސީ ގަނޑުވަރުގައެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި މަންގަލަ ސަމަަރަވީރައަށް ފިނޭންސް މިނިސްޓަރުކަމާއި މީޑިއާ މިނިސްޓަރުކަން ދެއްވުމާއި ކުރީގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަޔަކަ އަށް ފޮރިން މިނިސްޓަރުކަން ދެއްވުން ހިމެނެއެވެ. އަދި ޕޯޓްސް އެންޑް ޝިޕިން މިނިސްޓަރަކަށް ސަމަރަސިންހަ ނަމަކަށް ކިޔާ ބޭފުޅަކު ހަމަަޖެއްސެވި އިރު ޕެޓްރޯލިއަމް ރިސޯސަަަސް މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ އަރުޖުނާ ރަނަތުންގައެވެ. ކުރިން މީޑިއާ މިނިސްޓަރަކަށް ހުންނެވި ތިލަކް މަރަޕަނާއަށް ދެއްވީ ލޭންޑް އެންޑް ޕާލަމެންޓްރީ އެފެއާޒް މިނިސްޓަރުކަމެވެ.

ސިރިސޭނާގެ ކެބިނެޓަށް ގެންނެވި މި ބަދަލަކީ ލަންކާގެ ރައީސް ކަމަށް 2015 ވަނަ އަހަރު ވަޑައިގެންނެވި ފަހުން ގެންނެވި މިފަދަ ފުރަތަމަ ބަދަލެވެ.