ވިޔަފާރި

ދެ ރުފިޔާގެ އާ ފައިސާ ފޮތި ޖަހައިގެން ގެނެސްފި

May 23, 2017

ދެ ރުފިޔާގެ އާ ފައިސާ ފޮތި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޖަހައިގެން ގެނެސްފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެ އޮތޯރިޓީން ނެރެފައިވާ ފައިސާާ ފޮތިތަކުގެ ތެރެއިން ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން އިއްޔެ ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

ފައިސާ މަދުވުމުން ޖަހައިގެން ގެނައުމަކީ އެމްއެމްއޭ އިން ދޭތެރެ އަކުން ކުރާ ކަމެކެވެ.

ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން މަރުކަޒީ ބޭންކުން ގެނެސްފައިވާއިރު، މިހާރު ބޭނުން ކުރަމުން އަންނަ ދެ ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި ލުއި ފޮއްޗެއް ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.