ވިޔަފާރި

ސަތޭކަ އުޅަނދާއެކު އިންޓަނޭޝަނަލް ބޯޓު ޝޯ ހުޅުމާލެއަށް

May 24, 2017

ސަތޭކަ އަށް ވުރެ ގިނަ އުޅަނދާއެކު، ހުޅުމާލޭގައި "އިންޓަނޭޝަނަލް ބޯޓު އެންޑް ޑައިވް ޝޯ" ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ބޯޓު ޝޯ އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ މި އިވެންޓު އޮންނާނީ ހުޅުމާލޭގައި އިވެންޓް ބޭއްވުމަށް ހަދާ ފަރުކޮޅު ފުށީގެ ސަރަހައްދުގައި ކަމަށެވެ. މި އިވެންޓަށް ފެންމަތީގައި ހުންނަ ފަދަ ފްލޯޓިން މެރީނާގެ އެރަށުގައި އަޅާނެ ކަމަށް އެ އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި އިވެންޓުގެ ތެރޭގައި ޕްރޮފެޝަނަލް ޑައިވާސް ކޮންފަރެންސެއްގެ އިތުރުން، މެރިން އިންޑަސްޓްރީ ފޯރަމެއް ވެސް އޮންނާނެ ކަމަށެވެ.

ހުޅުމާލޭގައި އިންޓަނޭޝަނަލް ބޯޓު ޝޯއެއް ބާއްވަން ތައްޔާރުވަމުންދާއިރު، ސަރުކާރުން ދަނީ ހުޅުމާލޭގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ހުޅުމާލޭގައި ބާއްވާ ބޯޓު ޝޯ ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް 22-23 އަށެވެ.