އެލައިޑް އިންޝުއަރެންސް

އެލައިޑުން ގެސްޓްހައުސް އިންޝުއަރެންސް ޕްރޮމޯޝަން ފަށައިފި

May 25, 2017

އެލައިޑުން ގެސްޓްހައުސް އިންޝުއަރެންސްގެ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ. ޕްރޮމޯޝަން އިއުލާން ކުރީ އެލައިޑް އިންޝުއަރެންސުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ގެސްޓްހައުސް އިންޝުއަރެންސް ނެގުމުން ގުރުއަތަށް ހޮވޭނެ އެވެ. މި ޕްރޮމޯޝަންގެ އިނާމެއްގެ ގޮތުގައި ބައިލައްކަ ރުފިޔާގެ އެޑްވަޓައިސިން ޕެކޭޖެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ގެސްޓްހައުސް އިންޝުއަރެންސް ޕޮލިސީ 20 ޕަސެންޓާއި 30 ޕަސެންޓްގެ ޑިސްކައުންޓް ރޭޓެއްގައި ލިބޭނެ އެވެ.

އެލައިޑަކީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުންޏެވެ. އެ ކުންފުނީގެ އިންޝުއަރެންސް ގާބިލްކަން 100 މިލިއަން ޑޮލަރަށްވުރެ މައްޗަވެ.