މިއަދު ހެނދުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ބޯޓެއް ޖައްސަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު (ވީއައިއޭ) ފުރޮޅާލައި ބައެއް މީހުންނަށް އަނިޔާވި ހާދިސާ އެ ކުންފުނިން ތަހުގީގު ކުރަން ފަށައިފި އެވެ.
މި ބޯޓް، 8Q-TMV ހެނދުނު ވީއައިއޭގެ ވޯޓާ ޑްރޯމުގައި ފުރޮޅައިލި އެކްސިޑެންޓް ހިނހީ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުން އައިސް ވީއައިއޭއަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.
މިއަދު 8:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓަށްފަހު ދުނިޔޭގައި ސީޕްލޭން އޮޕަރޭޓް ކުރާ އެންމެ ބޮޑު ކުންފުނި، ޓީއެމްއޭއިން މިހާރު ވަނީ ބަޔާނެއް އާންމުކޮށްފައެވެ.
އޭގައި ބުނެފައިވަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރަން ފަށާފައިވާ ކަމަށާއި އޭގެ ތެރޭގައި އެތެރޭގެ ތަހުގީގެއް ވެސް ހިމެނޭ ކަމަށެވެ. އަދި ބުނީ މިހާތަނަށް ބެލި ބެލުމުން ހާދިސާ ހިނގީ އެއާކްރާފްޓު މޫދަށް ޖައްސަން އުޅުމުގެ ތެރޭގައި ގެއްލުންތަކެއް ލިބިގެން ކަން އެނގޭ ކަމަށާއި މިހާދިސާގެ ރަސްމީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ފުރޮޅާލައި އަޑިއަށް ދިޔަ ބޯޓްގައި ނުވަ ފަސިންޖަރުންނާއި ތިން ކްރޫން ތިއްބެވެ. އެ އެންމެން ސަލާމަތް ކުރެވުނު ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.