ވިޔަފާރި

ބާޒާރުގައި އެއްކަލަ ބޮޑު ކާށި "ވެއްޓިއްޖެ"

May 27, 2017
1

ރޯދަ ފެށެއް އެއް ދުވަހަށްވެފައި ވަނިކޮށް މާކުރޭޓު ކޮޅި އަށް ގޮސް ކާށީގެ އަގު ބެލިއިރު، ބޮޑު ކާއްޓެއްގެ އަގު ހުރީ 50-70ރ. އަށެވެ. ހިތަށް އެރީ މިވަރުން ނުގެނެވޭނެ އެވެ! އެހެންވެ ގޮސް ކާށި ކިރު ޕެކެޓެއް ގަނެގެން ގެއަށް ދިޔައީ އެވެ. އެކަމަކު މިހާރު އެ ބޮޑު ކާށީގެ އަގު މިވަނީ 25ރ. އަށް ވެއްޓިއްފަ އެވެ. މުޅި ބާޒާރަށް ބަލާއިރު ވެސް ރޯދައިގެ ފުރަތަމަ ދުވަހު އެންމެ ހާއްސަ ކަމަށް ފެނުނީ މި ކަމެވެ.

ރޯދައިގެ ފުރަތަމަ ދުވަހު ބާޒާރުގެ އަގު ތަކަށް ބަލާއިރު ކަރާ ކިލޯއެއްގެ އަގު ހުރީ 18ރ. އަށެވެ. ރޯދަ މަސް ފެށުނިއިރު ކަރާ ކިލޯއެއް ލިބެން ހުރީ 15ރ. އަށެވެ. މީގެ އިތުރުން ބިސް ކޭހެއްގެ އަގު ހުރީ 500-450ރ. އާ ދެމެދުގަ އެވެ. ފިޔާ ބަސްތާއެއް 280-300ރ. އަށް ލިބެ އެވެ. ނަމަވެސް އަލުވި ބަސްތާއެއްގެ އަގު ހުރީ 400ރ. ގަ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި އާއްމު އެހެން ބާވަތްތަކުގެ އަގުތަށް ހުރި ގޮތަށް ބަލާއިރު ފަޅޮލެއް ލިބެނީ 5-20ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ގިތެޔޮ މިރުސް ކިލޯއެއް 600ރ. ގައި ހުރުމަށްފަހު މިހާރު ވަނީ 450ރ. އަށް ތިރިވެފަ އެވެ. އަދި ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 150ރ. އަށެވެ. އަދި ދޮންކެޔޮ ވަކެއްގެ އަގު އުޅެނީ ފަސް ރުފިޔާ އަށް ވަކެއް އަދި 10ރ. އަށް ތިން ވަކެކެވެ.

މުޅި ބާޒާރަށް ބަލާއިރު ވެސް އެންމެ ގިނައިން ހުރީ ފަޅޮލެވެ. އެކި ވައްތަރުގެ ފަޅޯ މިހާރު ބާޒާރުގައި އެބަހުއްޓެވެ.