ޓެކްނޯލޮޖީ

ދަންނަމުތަ؟: ފްލެޕީ ބާޑަކީ ދެ ދުވަހުގެ މަސައްކަތް

ދުނިިޔޭގެ ގިނަބަޔެއްގެ ޝައުގުވެރިކަން މަދު ދުވަސް ކޮޅެއްގެ ތެރޭގައި ހޯދި އެއް ގޭމަކީ ފްލެޕީ ބާޑެވެ. މިއީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ދުނިޔޭގެ އެޕްލިކޭޝަން ސްޓޯތަކަށް އިންގިލާބެއް ގެނުވި ގޭމެކެވެ. ނަމަވެސް ހިތާމައަކީ ގިނަ ބަޔެއްގެ ލޯބި ޖެހުނު އެ ގޭމް މިހާރު އަހަރަމެންނާ ވަކިވެ ދިއުމެވެ. ކޮންމެ އަކަސް އެއީ ވަރަށް މޮޅު ގޭމެކެވެ. އަދި އެއީ ވަރަށް އަވަހަށް އުފެއްދި ގޭމެކެވެ.

ފްލެޕީ ބާޑްސްއަކީ އެންމެ 2 ދުވަހުގެ މަސައްކަތުން އުފެއްދި ގޭމެކެވެ. މިއީ ދުނިޔޭގައި މިހާ ކުޑަ ވަގުތެއްގައި އުފައްދައިގެން މުޅި ދުނިޔެ އަޖައިބު ކޮށްލި ހަމައެކަނި ގޭމްކަން ފާހަގަކުރެވެއެވެ. ފްލެޕީ ބާޑްސް ވުޖޫދަށް ގެނައި ފަރާތަކީ ވިއެޓްނާމްއަށް އުފަން ޑޮންގް އެންގްއުން އެވެ. އޭނާއަކީ ވީޑިއޯ ގޭމް އާޓިސްޓެއްގެ އިތުރުން ޕްރޮގްރާމަރެއް ވެސް މެއެވެ. އެންމެ ދެ ދުވަހުން އެކަނި ޑިވެލޮޕް ކުރި މި އެޕްލިކޭޝަން ހުއްޓާލަން ޖެހުނީ މީހުންގެ ފާޑުކިޔުންތަކާއި ވިއެޓްނާމްގައި ޖެހުނު މައްސަލަ ތަކަކާއި ހެދި އެވެ.

މި ގޭމުގެ މައި ކެރެކްޓާ ކަމުގައިވާ ފެބީ އަކީ އޭނާ 2012 ވަނަ އަހަރު ޑިވެލޮޕްކޮށް ކަމުނުގޮސްގެން ކެންސަލް ކޮށްލި ގޭމެއްގައި އޭނާ ޑިޒައިން ކުރި ކެރެކްޓާ އެކެވެ. އެނޫން ހުރިހާ އެއްޗެއްސަކީ އޭނާ އެޕްލިކޭޝަން ޑިވެލޮޕްކުރި ދެ ދުވަހު ޑިޒައިންކޮށް ޕްރޮގްރާމް ކުރި ފެކްޓާސްތަކެކެވެ.

މި ގޭމް ދުނިޔެއަށް އަލްވަދާއުކީ ގޭމަށް އެއް އަހަރުވެސް ނުވަނީސް ޖެހިގެން އައި 2014 ވަނަ އަހަރުގެ ފެބްުރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ގޫގަލް ޕްލޭސްޓޯ އާއި އެޕަލް އެޕްސްޓޯއިން މި ގޭމް ވަނީ އެދުވަހު ނަގާފަ އެވެ. އޭރު މިގޭމަށް ދުވާލަކަށް 50،000 ޑޮލަރުގެ ފައިދާއެއް ޖަހަ އެވެ. އަދި ހަމައެއާއެކު މި ގޭމް ވެގެން ދިއައީ އެޕަލް އެޕްސްޓޯގައި ރިކޯޑް ކުރެވުނު އެންމެ ޑައުންލޯޑްސް ގިނަ އެޕަށެވެ.

މިއަދާ ހަމައަށް އައިއިރުވެސް މި އެޕްވެެގެން މިދަނީ އެންމެ ގިނަ ބަޔެއްގެ ލޯބި ލިބި އެންމެ ގިނަ ބަޔަކު އެ ގޭމެއްގެ އެބުރި އައުމަކަށް އިންތިޒާރު ކުރާ އެޕްލިކޭޝަނަކަށެވެ. މި ގޭމްގެ ގިނަ ކޮޕީ ކޮންސެޕްޓްތަކެއް ވެސް އަންނަނީ އެޕްލިކޭޝަން ސްޓޯތަކުގައި ގިނަވަމުންނެވެ. އެހެންކަމުން ދެ ދުވަހުގެ މަސައްކަތުން އުފެއްދި އެޕްލިކޭޝަން ވެގެން މިދިޔައީ ދުނިޔޭގެ އެންމެންގެ ކަހަލަ ގޮތަކަށް ޝައުގުވެރިކަން ދަމައިގަތް ގޭމަކަށެވެ.