ރޯދަ މަހާ ރޯއްޖާ

ދިރިއުޅުމަށް 42 ނަމްބަރު ފުދޭ!

ލޯކަލް މާރުކޭޓް މެދެއްހާ ހިސާބުގައި އެކި ބާވަތްތަކުގެ މޭވާ އާއި ތަރުކާރީން މުއްސަނދި ވެފައިވާ މާރުކޭޓް 42 ނަމްބަރު ގޮޅިއަކީ މުހައްމަދު ވަހީދުގެ ގޮޅި އެވެ. ވަހީދަކީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ މީހެކެވެ. ފޮޓޯއާ ވަރަށް ބީރައްޓެހި މީހަކެވެ. ފޮޓޯގަޑަނޑެއް ނަގައިގެންވާކަށް ނޯވެއެވެ. އެކަމަކު ވަހީދު މާރުކޭޓް ގޮޅީގެ ވިޔަފާރި ކުރާތާ ތްގަނޑަކަށް ވިއްސަކަށް އަހަރަށް ވުރެ ވެސް ގިނަ ދުވަސް ވެދާނެ އެވެ. ވަހީދުގެ ދިރިއުޅުން ބިނާވެފައި އޮންނަނީ 42 ނަމްބަރުގެ ގޮޅީގެ މައްޗަށެވެ.

އާދައިގެ ގޮޅިތަކާ އަޅާ ބަލާއިރު ފުދޭވަރަކަށް ބޮޑު ގޮޅިއެކެވެ. މަގުގެ ދެފަރާތަށް ވެސް އަތުރާލާފައި ހުންނަނީ އެ ގޮޅީގެ ބާވަތް ތަކެވެ. އެ ގޮޅިން އާންމު ގޮތެއްގައި ވިއްކާ އުޅެނީ މާރުކޭޓްގެ ގިނަ ގޮޅިތަކުގައި ވެސް ވިއްކަމުންދާ އެއްޗެއްސެވެ. އޭގެ ތެރޭގައި މިރުހުގެ ބާވަތް ތަކާއި ކުރުނބާ އާއި އަނބުގެ އިތުރުން ފަޅޯ އަދި ކަރާވެސް ހެސްކިޔާފައި ވައްދާފައި ހުރެ އެވެ. މީގެ އިތުރުން ކިއުކަމްބާ އާއި ކާއްޓާއީ ދޮންކެޔޮ އަދި ބަށިވެސް ލިބެން ހުރެ އެވެ. އާންމު ގޮތެއްގައި އެ ގޮޅިއަށް ގިނަ ބާވަތްތައް ގެނެސް އުޅެނީ ކާށިދޫ އާއި ތޮއްޑޫ އިންނެވެ.

ލޯކަލް މާރުކޭޓޭ ކިޔަސް އެހެން ވެސް ގޮޅިތަކަކޭ އެއްގޮތަށް 42 ނަމްބަރު ގޮޅިން ވެސް ރާއްޖެއިން ބޭރުގެ ބައެއް ބާވަތްތައް ވެސް ލިބެން ހުރެއެވެ.

ރޯދަ މަހާއެކު އެއްޗެހީގެ އަގުތަށް ވަރަށް ބޮޑަށް އަރައިގެން ގޮސްފައިވާ ވަރަށް މި ގޮޅީގެ އަގުތައް ވެސް ހުރީ އެވަރަށް ޖައްސާފައެވެ.

ވަހީދު ބުނި ގޮތުގައި މިއަހަރު ރޯދަ މަހު ތަކެތީގެ އަގު މިދިޔަ އަހަރުގެ ރޯދަމަހާ އަޅާބަލާއިރު މާ ބޮޑަށް ވެސް މައްޗެވެ. އެއީ މޫސުމަށް އައިސްގެން އުޅޭ ބަދަލާއެކު އެވެ.

"އެއްޗެހީގެ އަގު އެހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ ވިއްސާރަ މޫސުމާއި ރޯދަމަހާ ދިމާވުމުގެ ސަބަބުން" އޭނާ ބުންޏެވެ.

ވަހީދުގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަ ކުރީ މާރުކޭޓް ގޮޅީގެ ވިޔަފާރީގަ އެވެ. އޭނާގެ ގޮޅީގައި ބިދޭސީން ވެސް ގެންގުޅެ އެވެ. ވަހީދަށް ލިބޭ އެއްޗަކުން ދިރިއުޅުން ހަމަޖައްސައި ލެވެއެވެ.