ދުނިޔެ

ކަޝްމީރުގައި ކާފިއު ހިންގައި ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފި

May 28, 2017
1

ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުގައި ކާފިއު ހިންގުމާ އެކު އެސަރަހައްދުގެ އާއްމުންނާ ދެކޮޅަށް ދަތިކުރުމުހެ އިތުރު ފިޔަވަޅުތައް އަޅައިފިއެވެ.

އިންޑިއާ ސަރުކާރުން ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އެޅީ ކަޝްމީރު މިނިވަން ކުރުމަށް ގޮވާލައި މިހާރު ކުރަމުން އންނަ މުޒާހަރާގތައް ހުއްޓުވުމަށެވެ. އެމުޒާހަރާތައް ހުއްޓުވުމަށް ކަޝްމީރުގެ އިންޑިއާ ފަޅީގެ ވެރިރަށް ސްރިނަގަރްއަށް ވަނީ ސަލާމަތީ ބާރުތަކުގެ ގިނަ ބަޔަކު ވަނީ ފޮނުވާފައެވެ.

ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އެޅި އެހެން ފިޔަވަޅުތަކުގެ ތެރޭގައި އިންނެޓާއި ފޯނުގެ ހިދުމަތް ކަނޑައިލުން ހިމެނެއެވެ. އޮިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ އެހިދުމަތްތައް މެދު ކަނޑައިލީ އިންޑިއާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި މަރުވެފައިވާ ހަނގުރާމަވެރިއެއް ކަމަށްވާ ޝަބްޒާރް އަހުމަދު ބާތުގެ ޖަނާޒާއަށް ގިނަ ބަޔަކު އެއްވަން އުޅޭތީ އެކަން ހުއްޓުވުމަށް ކަމަށެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާ ސިފައިންނާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް ފެށުނީ އިންޑިއާގެ އަތްދަށުން ކަޝްމީރު މިނިވަންް ކުރުމަށް ހަނގުރާމަކުރަމުންް އަންނަ ޖަމާއަތެެއްގެ ކޮމާންޑަރެއް ކަމަށްވާ ބުރުހާން ވާނީ މަރައިލުމުންނެވެ. އިންޑިއާ ސިފައިން އޭނާ މަރައިލީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. ކަޝްމީރުގައި މިހާރު ކޮންމެ ދުވަހަކުހެން ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ވެސް ބައިވެރިވެއެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އިންޑިއާ ސިފައިން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހައިތަނަށް 80 މީހުން ވަނީ މަރުވެފައެވެ.