ވިޔަފާރި

ރޯދަ މަހަށް އެޗްޑީސީން ހުޅުމާލޭގައި ތިން މާރުކޭޓު ހުޅުވައިިފި

May 28, 2017
1

ރޯދަ މަހަށް ހާއްސަކޮށް، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތިން މާރުކޭޓެއް ހުޅުވައިފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި މާރުކޭޓު ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

"އެޗްޑީސީއިން މި ތަންތަން ހަދައި ބިޑް ކޮށްގެން އެކި މީހުންނަށް ދޫކޮށްލައިގެން ކުރިއަށް ގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީ "ހުވަނދު" މާރުކޭޓު ހުޅުވާފައިވަނީ ހުޅުމާލޭގެ ކޮރަލްވިލް ފްލެޓް ސަރަހައްދުގަ އެވެ. އަދި ނިރޮޅު މަގުގައި "ނިރޮޅު މާރުކޭޓު" ހުޅުވާފައިވާއިރު އަދި "ވެށިފަހި މާރުކޭޓު" ހުޅުވާފައިވަނީ ވެށިފަހި ފްލެޓު ސަރަހައްދުގަ އެވެ. މި މާރުކޭޓުތަކުގައި ޖުމްލަ 54 ސްޓޯލެއް ހުރެ އެވެ.