ހަބަރު

އިލެކްޝަންސްގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި

May 28, 2017

އިލެކްޝަންސް ކޮމިޝަން، އީސީގެ މައި އިދާރާގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި އެވެ. އިލެކްޝަންސް ކޮމިޝަންގެ އޮފީސް ހުންނަނީ ޕޯޓްސް ބިލްޑިންގްގެ ފަސް ވަނަ ފްލޯގަ އެވެ.

އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު އަވަސް އަށް ވިދާޅުވީ، ތިޖޫރީ ފަޅާލާފައި ހުރީ މިއަދު ހެނދުނު އޮފީސް ހުޅުވު އިރު ކަމަށެވެ. އަދި ތިޖޫރިފަޅާލައިގެން އޭގައި ހުރި ފައިސާތަކެއް ގެންގޮސްފައިވާ ކަމަށް އަކުރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތިޖޫރި ފަޅާލީ އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ. އެތަނުން ގެއްލުނު ފައިސާގެ އަދަދާއި އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންނަކަން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ވެސް ނުދިނެވެ.