ބީބީސީ އުތުރުކޮރެއާއިން ކާމިޔާބު ކަމާއި އެކު އަނެއްކާވެސް މެދުރާސްތާ މިސައިލެއް ޓެސްޓްކޮށްފިއެވެ.
ބުނީ އުތުރުކޮރެއާއިން ފޮނުވައިލި ސްކަޑް މިސައިލް 280 މޭލަށް ދަތުރުކުރި ކަމަށާއި އެ މިސައިލް ވެއްޓުނީ ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ( އީއީޒެޑް)ގެ ތެރެއަށް ކަމަށެވެ. ޖަޕާނުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނީ އުތުރުކޮރެއާގެ މިސައިލް ފޮނުވައިލީ އެގައުމުގެ ވޯސާން ނަމަކަށް ކިޔާ ސަރަހައްދުން ކަމަށާއި އެ މިސައިލް އުދުހުނީ ހަމިނެޓްވަންދެން ކަމަށެވެ.
މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އުތުރުކޮރެއާއިން މިކުރި ޓެސްޓުން ދައްކައިދެނީ ނިއުކްލިއަ ވޯހެޑެއް އުފުލޭ ފަދަ މިސައިލެއް އުފެއްދުމާ ކައިރިއަށް އެގައުމު ގޮސްފައިވާ ކަމެވެ.
ނިއުކްލިއަ ޓެސްޓް ނުކުރުމަށާއި މިސައިލް ނޫފެއްދުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވައިލަމުންދާ ގޮވައިލުންތަކަށް އުތުރުކޮރެއާއިން ވަނީ ބީރު ކަންފަަތެއް ދީފައެވެ. އަދި އެގައުމުން ވަނީ ފަހަކަށް އައިސް ގިނަ މިސައިލްތަކެއް ޓެސްޓްކޮށްފައެވެ.
އުތުރުކޮރެއާއިން ސްކަޑް މިސައިލެއް ޓެސްޓްކޮށްފައި މިވަނީ މަތިންދާބޯޓްތަކުން ދޭ ހަމަލާތަކުން ދިފާއުވާނެ ނިޒާމެއް އެގައުމުން ޓެސްޓްކުރިތާ އެއްދުވަސްފަހުންނެވެ.