ރޯދަ މަހާ ރޯއްޖާ

މިއީ އަދި މާފޮނި ފޭރެއް!

May 29, 2017
2

"ފޭރު ފަންޏާއި ފޭރު ޖޫސް" މިއީ ރޯދަ މެނޫ އަށް ކޮންމެހެން މުހިންމު ބާވަތްތަކެވެ. އެހެންވެ ރޯދަ ސުފުރާ މަތިން މި ޖޫސް ފިލައި ނުދަނީ އެވެ. ރާއްޖޭގައި ފޭރު ފަނި ގިރަން އާއްމުކޮށް ބޭނުން ކުރަނީ ފެހި ކުލައަށް ހުންނަ ފޭރެ އެވެ. ނަމަވެސް މި ރޯދަ މަހު ފޭރުގެ އާއިލާއަށް އާ މެންބަރެއް އިތުރުވެގެން އެބައުޅެ އެވެ. އެއީވެސް ފޭރެކެވެ. އެކަމަކު އެއީ އަދި މާ ފޮނި ފޭރެކެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ، މާރުކޭޓުގެ ގޮޅިތަކުގައި މިހާރު ވިއްކަމުން ގެންދާ "ފޮނި ފޭރަ" ކީ އާއްމު ފޭރަށްވުރެ އަގު ބޮޑު އެއްޗެކެވެ. ފޮނި ފޭރު ކިލޯއެއްގެ އަގު އުޅެނީ 150ރ. އަށެވެ.

ދެން އޮތް ސުވާލަކީ މި އަގު ބޮޑު ފޭރު ތަފާތުވާ ސަބަބަކީ ކޮބާ ހެއްޔެވެ؟ މި ފޭރު ހުންނަނީ އާއްމުކޮށް ވިއްކާ ފޭރުތަކާ ތަފާތުކޮށް ގަދަ ގުރާ ފެހި ކުލައިގައެވެ. އާއްމު ފޭރު އުރައަކަށް ނުލައި ބެހެއްޓި ނަމަވެސް މި ފޭރު އުރައަށް ނުލައި ބަހައްޓައިފިނަމަ އޭގެ ތާޒާކަން ގެއްލޭނެ އެވެ.

"ފޮނި ފޭރު" ހައްދަނީ ބެންކޮކުގަ އެވެ. ބަލާ ބެލުމަށް މި ފޭރު ފެނުމުން ފަހަރުގައި ފަކުރު ހީވިއަސް އަދި އަތްލީމާ ލޮނދިގަނޑެއްގެ އޮތަސް ފަރުވާލެއް ބަހައްޓާނެ ކަމެއް ނެތެވެ. މިއީ ބާޒާރުގައި މިހާރު ހުރި އެންމެ ފޮނި ފޭރަށް ވާނެ އެވެ.