ރޯދަ ވީއްލުމުގައި ފުރިހަމަ ސުފުރާއެއް ހަދަން ދޭން ކެއިން ބުއިމުގެ ހިދުމަތްދޭ ހުރިހާ ތަނެއް ވެސް އެ ތިބީ ފޫގަޅާލާފަ އެވެ. މިކަމުގައި އަލަށް ހުޅުވި ތަނެއް ކުރިން ހުޅުވާފައި ހުރިތަނެއް ތަފާތެއް ނެތެވެ. މި ރޯދަ މަހަށް ހުރިހާ ތަނެއްގެ ރޯދަ މެނޫ ނެރެފައިވާއިރު ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ތަޖުރިބާކާރު ރެސްޓޯރެންޓް ސިންފަނީ ވެސް އޮތީ އިރުއޮއްސޭ ގަޑިއަށް ތައްޔާރުވެފަ އެވެ. މިތަނުން ތަފާތު ދައްކަނީ ހިދުމަތާއި މީރު ރަހައާއެކު އިތުބާރާއި ތަޖުރިބާއިންނެވެ. މި ރޯދަ މަހު ސިންފަނީ ރެސްޓޯރެންޓުގެ މެނޫންއިން މި ކަންތައް ފެންނާނެ އެވެ.
"އަޅުގަނޑުމެންގެ ހަމައެކަނި ބަލާފައިވާނީ ކަސްޓަމަރުންނަށް ރަނގަޅު ފެންވަރުގެ ކެއުންތަކެއް ދޭން. ފައިދާއަށްވުރެ ބޮޑަށް ވިސްނާފައިވާނީ އެކަމަށް. އެގޮތަށް މެނޫވެސް ރެޑީކޮށްފައި އޮންނާނީ،" ސިންފަނީ ރެސްޓޯރެންޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސިންފަނީ ރެސްޓޯރެންޓުގެ މެނޫގައި ހުރި ބާވަތްތަކަށް ދިއުމުގެ ކުރިން ރެސްޓޯރެންޓުގެ ކުރު ތައާރަފެއް ގެނައުން ވެސް މުހިންމު ދޯއެވެ؟
މީގެ 26 އަކަށް އަހަރު ކުރިން ހުޅުވި ސިންފަނީ ރެސްޓޯރެންޓަކީ ރާއްޖޭގެ ރެސްޓޯރެންޓުތަކުގެ ތެރޭގައި ހިމެނޭ އެންމެ ދުވަސްވީ އެއް ތަނެވެ. ދާއިރާގެ އެންމެ ޒަމާންވީ ބްރޭންޑެވެ. އެއާކޯން ބަޔަކާއެކު އޯޕަން އެއާ ބައެއްވެސް މިހާރު ވަނީ ހުޅުވާފަ އެވެ. އެއް ފަހަރާ 120 އަށްވުރެ ގިނަ މީހުންގެ ޖާގައެއް އޮންނާނެ އެވެ.
މި ރޯދަމަހަށް ސިންފަނީ އިން ވަނީ ހާއްސަ މެނޫއެއް ވެސް އެކުލަވާލާފަ އެވެ. ސިފަނީގެ މެނޫއަށް ބަލާއިރު ހަފުތާގެ ހުރިހާ ދުވަހަކު ވެސް ތަފާތު އެއްޗިހިތަކެއް ރޯދަ ވީއްލަން ލިބޭނެ އެވެ.
ސިންފަނީގެ މެނޫގައި މަސްކުރޮޅި އާއި ސީނި ސަމްބޯލާއި ފަރުމަހުން އުފައްދާފައިވާ އެކި ބާވަތްތަކާއި ސްޕެގެޓީ އަދި ޗިކަންޓިއްކާ މަސާލާ ފަދަ ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރުން ހިމެނޭ ފޮނި އެއްޗިހީގެ ތެރޭގައި ޗޮކްލެޓް މޫސް އާއި ތާޒާ މޭވާގެ އެކި ރަހަތައް ހިމެނެ އެވެ. މި މެނޫގެ އަގަކީ ބޮލަކަށް 230ރ. އެވެ. މުޅި މެނޫއަށް ބަލާއިރު، މީގައި ހުރި ބާވަތްތަކާއި އެހެނިހެން މެނޫތައް އަޅާ ކިޔާލާނަމަ، މި އަގަކީ އެންމެ އެކަށީގެންވާ އަގެކެވެ. ހަނދާން ކުރައްޗެވެ. އިތުބާރާއި ތަޖުރިބާ އާއި ރަހަށް އަށް ބަލާއިރު ސިންފަނީ ވަރެއް ނޯންނާނެ އެެވެ.