ރޯދަ މަހާ ރޯއްޖާ

ޝެލްބީންސް: ރަހައަކަށް ބަދަލެއް ނާދެ!

Jun 10, 2017

"ޝެލްބީން" ގިނަ މީހުންގެ ނަމްބަރު ވަންއަށް ވަނީ މިހެންވެއެވެ. އެތަނުގައި ލިބެން ހުރި ކާނާގެ ބާވަތްތަކުގެ ރަހަައަށް ބަދަލެއް ނާނާތީ އެވެ. އެއް ރަހައެއްގައި އެންމެ ހިތް އުފާވާ ހިދުމަތް ދޭތީއެވެ. މި ކަންކަމާއެކު މި ރޯދަ މަހު ޝެލްބީންސް މިވަނީ ރޯދައަށް ތައްޔާރުވެފަ އެވެ.

"ޝެލްބީންސް" ގެ ރޯދަ މެނޫގައި މި އަހަރު ވެސް ގިނަ ރަހަތަކެއް ހިމަނާފައިވެ އެވެ. މި ރެސްޓޯރެންޓުގެ ރޯދަ މެނޫ އަށް ބަލާއިރު ދިވެހިން އާއްމު ގޮތެއްގައި ކެއުމަށް ބޭނުން ކުރާ ގިނަ ބާވަތްތަކެއް ލިބެން ހުރެ އެވެ. މިގޮތުން ލިބެން ހުރި ރަހަތަކުގެ ތެރޭގައި ކޮޕީފަތް މަސް ހުންޏާއި މިނީ ސޮސެޖު ރޯލްސް އަދި ވެޖިޓަލް ފްރައިޑް ރައިސް އާއި ބަތާއި ދިވެހި މަސް ރިހަ ހިމެނެ އެވެ.

މީގެ އިތުރުން ޝެލްބީންސް މެނޫގައި ހިމެނޭ އެހެން ބާވަތްތަކުގެ ތެރޭގައި ޗޮކްލެޓް މޫސް އާއި ކްރީމް ކެރަމަލް އަދި މޭވާގެ ތަބަކެއް ހިމެނެ އެވެ. މީގެ އިތުރުން ގްރިލް ޗިކަން ފަދަގިނަ ބާވަތްތަކެއް ހިމެނެ އެވެ.

"ޝެލްބީން" ރޯދަ މެނޫގެ އަގުތައް އުޅެނީ ބޮލަކަށް 220ރ. އަށެވެ.