ރޯދަ މަހާ ރޯއްޖާ

އުނިމާ ގްރޭންޑް: ހިތްގައިމު ރޫފްޓޮޕްގައި ރޯދަ ވީއްލުން!

Jun 14, 2017
0%
0%
0%

ރޯދަ ވީއްލަން ހަމައެކަނި މެނޫއަކުން ނުފުދެ އެވެ. މެނޫގެ ބާވަތްތައް މީރުވުމުގެ އިތުރުން، އެތަނެއްވެސް ހިތް ގައިމު ވާން ޖެހޭނެތާ އެވެ. އެފަދަ ތަނެއް ހޯދާނަމަ އަހަރެންގެ އެއް ޗޮއިސްއަކީ ހަމަ ގައިމުވެސް "އުނިމާ ގްރޭންޑް" އެވެ. މިތަނުގައި ރޯދަ ވީއްލުމަށް ހާއްސަ މެނޫއެއް ތައާރަފުކޮށްފައިވެ އެވެ.

މާލޭގެ އެންމެ ހިތްގައިމު ސަރަހައްދުގައި ހުރި އުނިމާ ގްރޭންޑް ހޮޓަލުގެ ރޫޕްޓޮޕުގައި ރޯދަ ވީއްލަން ހާއްސަ މެނޫގެ އަގަކީ 220ރ. އެވެ. ރޯދަ ވީއްލުމަށް ތިން މެނޫއެއް ނެރެފައިވެ އެވެ. މީގެތެރޭގައި ދިވެހިން ގިނައިން ކެއުމުގައި ބޭނުންކުރާ ބާވަތްތައް ހިމެމެ އެވެ.

އުނިމާ ގްރޭންޑް ރޯދަ ވީއްލުމުގައި ހުރި ބާވަތްތަކުގެ ތެރޭގައި ބަޖިޔާ އާއި ގުޅަ އަދި ރޮއްޓާއި ފެންފޮޅީގެ އިތުރުން މިކްސް ބިސްގަނޑާއި ޗިކަން ފްރައިޑް ރައިސްގެ އިތުރުން ފަތު މަސްހުންޏާއި ކަންކުން ބީފް ހިމެނެ އެވެ.

މެނޫގައި ހުރި ފޮނި ކާއެއްޗިހީގެ ތެރޭގައި ޕިރިނީ އާއި ކެރެމަލް ޕުޑިންގެ އިތުރުން ތާޒާ މޭވާ ހިމެނެ އެވެ.

މާލޭގެ އެންމެ ހިތް ގައިމު ސަރަހައްދު ކަމަށްވާ އާޓިފިޝަލް ބީޗުގެ ހިތްގައިމު ސަރަހައްދުގައި ހުރި ހޮޓަލުގެ އެންމެ މަތީގައި ރޯދަ ވީއްލަން ދާން މިއީ ރަނުގެ ފުރުސަތެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345