ރޯދަ މަހާ ރޯއްޖާ

އެޗްއައިއެޗް ރޯދަ ވީއްލުން: ނެތީ ކޯޗެއްތޯ އަހާބަލަ؟

Jun 15, 2017
2
އެޗްއައިއެޗް ފަރު ކޮފީ ހައުސްގެ ބުފޭގެ ބައެއް-
0%
0%
0%

ރޯދަ މަސް ނިމެން ދެން މާ ގިނަ ދުވަހެއް ދެން ނެތެވެ. ގިނަ ބަޔަކު އެކި ތަންތަނަށް ރޯދަ ވީއްލަން ގޮސް، ބައެއް ތަންތަން "ބާވެއްޖެ" އެވެ. އެކަމަކު ހަމަ ގައިމުވެސް މިއީ ބާ ވާނެއް ތަނެއް ނޫނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުންނަ ހުޅުލޭ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އަކީ ގިނަ ބަޔަކު ރޯދަ ވީއްލަން ދާން އެންމެ ހިތް އެދޭ ތަނެވެ. އެއް ސަބަބަކީ މާހަލު ރީތިވެފައި، ބާވަތްތައް ގިނަ އެވެ. އަޅެ؛ މިތަނުގައި ނެތީ ކޯޗެއްތޯ އަހާ ބަލާށެވެ!

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެޗްއައިއެޗުން ވަނީ މި އަހަރު ވެސް ހާއްސަ ދެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ.

އެ ޕެކޭޖް ތެރޭގައި ހޮޓަލަށް ދިއުމުގެ ޓްރާންސްޕޯޓް ވެސް ހިމަނާފައިވެ އެވެ. މި ޕެކޭޖުތައް ވިއްކަނީ އެ ހޮޓަލުގެ "އުޑުވިލާ" ރެސްޓޯރެންޓާއި "ފަރު" ކޮފީ ހައުސްއިންނެވެ. އުޑުވިލާ ޕެކޭޖުގެ އަގަކީ ޓެކްސްތަކާއެކު ބޮލަކަށް 673ރ. އެވެ. އަދި ފަރު ކޮފީ ހައުސްގެ އަގަކީ 512ރ. އެވެ.

އުޑުވިލާގެ ރޯދަ ވިއްލުމުގައި މި އަހަރު ވެސް "އަރަބިކް - މޯލްޑިވިއަން އިންޓަނޭޝަނަލް ފުޑް ފެސްޓިވަލް" ގެ ރަހަތައް ހިމަނާފައިވެ އެވެ. މި ރެސްޓޯރެންޓްގެ ބުފޭގައި ދިވެހި، އިންޓަނޭޝަނަލް، އިންޑިއަން އަދި ސްރިލަންކަން ފުޑް ހުރެ އެވެ. މި ރެސްޓޯރެންޓްގައި ޕްރައިވެޓް ޓޭބަލް ތަކެއް ވެސް ހުރެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކފސ

ބިގް މެކް އެބަހުރިތަ؟

ސައީދު

ރިހާކުރު ފޮޅި އެބަހުރި؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345