ބޮޑެތި ހޮޓާތަކާއި ރިސޯޓު ތަކަށް ރޯދަ ވީއްލަން ދެވިއްޖެ އެވެ. އެކަމަކު މިތަން ހަމަ ތަފާތީ އެވެ. އެހެންވާނީވެސް މިހެންތާ އެވެ. މިއީ ދުނިޔޭގެ އެންމެ ގިނަ ކޭކު ވިއްކާ ފްރެންޗައިޒެވެ. ރާއްޖޭގައި އިންޓަނޭޝަނަލް ފްރެންޗައިޒެއްގެ ގޮތުގައި ހުޅުވާފައިވާ "ސީކްރެޓް ރެސިޕީ" ގައި މި އަހަރު ރޯދާ ވިއްލުމަކަށް ދާން އެބަޖެހެ އެވެ.
ސީކްރެޓް ރެސިޕީ ރޯދަ ވީއްލުމުގެ މެނޫއޭ ބުނީމަ ހިތަށް އަންނާނީ އަގެވެ. ފްރެންޗައިޒެކޭ ބުނުމުން އަގު ބޮޑުވެދާނެ ކަމަށް ހީކޮށްފާނެ އެވެ. އެކަމަކު ތިޔަ ހީކުރުން މުޅިއަކުން ރަނގަޅެއް ވެސް ނޫނެވެ. މިތަނުގެ އަގު ވެސް މި ހުރީ ބޮޑެތި ރެސްޓޯރެންޓުތަކާ ދާދި އެއް އަގެއްގައި ބޮލަކަށް ނަގަނީ 250ރ. އެވެ.
މި ރޯދަ މެނޫގައި ހުރި ބާވަތްތަކަށް ބަލާއިރު ދިވެހިން ކެއުމަށް ބޭނުންކުރާ ބާވަތްތައް އެބަހުއްޓެވެ. ފެފޮޅި އާއި ރޮށި އަދި ވެޖިޓަބަލް ކަރީ އާއި މަޝްރޫމް ސޯސް އަދި ކިޗަން ޓިއްކާ މަސާލާގެ އިތުރުން ސްޕެގެޓީ އަދި ރޯސްޓެޑް ޕޮޓޭޓޯ ވެސް އެބަހުއްޓެވެ.
ސީކްރެޓް ރެސިޕީގައި ހުރި އެހެން ބާވަތްތަކުގެ ތެރޭގައި ކަރާ ވެސް ހިމެނެ އެވެ. ކޮންމެއަކަސް މިތަނަކީ ވެސް ރޯދަ މަހު ތަފާތު ތަނަކުން ރޯދަ ވީއްލަން ބޭނުންނަމަ ދާން ރަނގަޅު އެއް ތަނެވެ.