ރޯދަ މަހާ ރޯއްޖާ

ޕައިން ކެފޭ: މީރު ކޮށްދެނީ ތަފާތު ރަހަތަކުން

Jun 18, 2017
0%
0%
0%

މާލޭގެ އެންމެ ބޮޑު އެއް މަގުކަމަށްވާ ސޯސަން މަގުގައި ހުންނަ "ޕައިން ކެފޭ" ވެސް ވަރަށް ހާއްސަ އެވެ. އެންމެ ހާއްސަ ކަމަކީ ހިދުމަތެވެ. ދެން އޮތީ ރޯދަ މަހަށް ހާއްސަވާ ސަބަބެވެ. ރޯދަ މަހު މި ރެސްޓޯރެންޓް ހާއްސަވާ އެއް ސަބަބަކީ މިތަނުން ވިއްކާ މެނޫގެ ތަފާތު ކަމެވެ. މެނޫ މީރުކޮށް ދީފައިވަނި ވަރަށް ތަފާތު ރަހަ ތަކުންނެވެ.

ޕައިން ކެފޭގެ ރޯދަ މެނޫ އަށް ބަލާމާ ހިނގާށެވެ. މި ތަނުގެ މެނޫ އަށް ބަލާލާއިރު ދެ ވައްތަރެއްގެ ބަތަކުނ މެނޫ މީރުކޮށްދީފައި އެވެ. އެއީ "މެކްސިކަން" ރައިސް އާއި އާދައިގެ ހުދު ބަތެވެ. މީގެ އިތުރުން މެނޫގައި ހިމެނޭ އެހެން ބާވަތްތަކަށް ބަލާއިރު ޕޭބް ފްރައިޑް ބީފް ވިތު ޕަޑްތައި ސޯސް ފާހަގަ ކޮށްލެވެ.

ދިވެހިންގެ ގިނަ ބައެއްގެ އަރު ތެރެއަށް ދަން މި މީރުކެއުން ޕައިން ކެފޭގެ މެނޫގައި ހިމެނެ އެވެ. މީގެ އިތުރުން ހިމެނޭ އެހެން ބާވަތްތަކުގެ ތެރޭގައި ކަންކުން ބީފް އާއި ކްރިލް ޕޮޓޭޓޯ އަދި މަސް ކުރޮޅި އާއި ބަރަބޯ މަސްހުރި ވެސް ހިމެނެ އެވެ.

މީގެ އިތުރުން މި މެނޫގައި ތަފާތު ފޮނި ގިނަ ބާވަތްތަކެއް ވެސް ހިމަނާފައިވެ އެވެ. މިތަނުގެ މެނޫގައި ހިމެނޭ ފޮނި ބާވަތްތަކުގެ ތެރޭގައި ޗޮކްލެޓް މޫސް އާއި ތާޒާ މޭވާ ފަދަ ގިނަ ބާވަތްތަކެއް ހިމެނެ އެވެ. ޕައިން ކެފޭ މެނޫގެ އަގު އުޅެނީ ބޮލަކަށް 225ރ. އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345