ކާނާ

ސީހައުސްގެ ރޯދަ ވީއްލުން ޓެސްޓް ކޮށްފިންތަ؟

Jun 13, 2017
1
0%
0%
0%

"ސީހައުސް" ގެ ގޮނޑިތައް އަބަދުވެސް ފުރާލާފައި ތިބޭނީ ޒުވާނުންނެވެ. ސަބަބަކީ އެތާނގެ މާހައުލު ކަމަށްވެސް ވެދާނެ އެވެ. އެފަދަ އެންމެނަށް އޮތް ވާހަކައަކީ މި އަހަރުގެ ރޯދަ މަހަށް ސީހައުސްގެ ރޯދަ މެނޫ، އެތާނގެ މާހައުލުހާ ސަޅި އޭ އެވެ.

އެމްޓީސީސީ ފެރީ ޓާމިނަލް މަތީގައި، ހިންގާ ސިންހައުސް މެނޫގައި ހަފުތާގެ ކޮންމެ ދުވަހަށްވެސް ހާއްސަ ރަހައެއް ދީފައިވެ އެވެ. މެނޫގެ އެއް ދުވަސް ނަގަމާ ހިނގާށެވެ!

ހުކުރު ދުވަސް މުސްލިމުންގެ އީދު ދުވަހެއްގެ ގޮތުގައި ފާހަގަވާ ހުކުރު ދުވަހަށް ސީހައުސް މެނޫގައި ގިނަ ބާވަތްތަކެއް ހިމަނާފައިވެ އެވެ. މި ދުވަހު ހަތަރު ވައްތަރެއްގެ ފަނި ތައްޔާރުކޮށްފައިވެ އެވެ. މި މެނޫގައި ކަރާ ފަންޏާއި ކުރުނބާ ފަނި އަދި އިސްބަގުލު ފަނި ހިމެނެ އެވެ. އަދި ރޮއްޓާއި ފަރާޓާ އަދި ކަންކުން ބީފް އާއި ފްރައިޑް ފިޝްގެ އިތުރުން ގިނަ ބާވަތްތަކެއް ހިމެނެ އެވެ.

ސީހައުސް މެނޫގައި ހިމެނޭ އެހެން ބާވަތްތަކުގެ ތެރޭގައި ޗޮކްލެޓް މޫސް އާއި ކެރެޓް ކޭކުފަދަ ގިނަ ބާވަތްތައް ހިމެނެ އެވެ.

ކޮންމެއަކަސް ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ސީހައުސް ވަރަށް ތަފާތެވެ. ކޮންމެ ދުވަހެއްވެސް ވަރަށް ތަފާތެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345