ރޯދަ މަހާ ރޯއްޖާ

ހޮޓެލް ޖެންގައި ރޯދަވީއްލުން: މާލޭގައި މި ވަރުގެ ކަމެއް މަދުުވާނެ!

Jun 8, 2017
1

ރޯދަ ވީއްލަން އެންމެ ހާއްސަ އެއް ތަނަކީ ކޮބާއި ހޭ އަހައިފިނަމަ "ހޮޓެ ޖެން" އޭ ބުނެލާނީ ފަސޭހަ ކަމާއެކުގަ އެވެ. އެކަމުގައި ސަބަބުތައް ގިނައީ އެވެ! އެއް ކަމަކީ މާހައުލުގެ ހިތް ގައިމު ކަމެވެ. އަނެއް ކަމަކީ ހޮޓެލް ޖެންގެ ކެއުންތައް މީރު ކަމެވެ.

ހޮޓެލް ޖެންގެ ރޯދަ މެނޫގައި ރޯދަ ވީއްލަން ބޮލަކަށް ނަގަނީ 539ރ. އެވެ. މި މެނޫގައި ހުރި ބާވަތްތަކުގެ ތެރޭގައި ދިވެހިން ނަށް އެންމެ ކަމުދާ ގިނަ ބާވަތްތަކެއް ހިމެނެ އެވެ. މި އަހަރުވެސް ރޯދަ ވީއްލަށް ދިއުމުން ހާއްސަ އިނާމުތަކެއްވެސް ހޮޓެލް ޖެންއިން ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ އެއްވަނަ އަށް ހޮވޭ ފަރާތަކަށް ޔަމަހާ ޖީޓީ 125 ސައިކަލެއް ލިބޭނެ އެވެ. އަދި ދެވަނަ އަށް ހޮވޭ ނަސީބުވެރި އަކަށް މޯލްޑިވިއަން އެއާލައިންސް އިން އިންޑިޔާގެ ޗެންނާއީ އަށް ދަތުރުކުރަން ދެކޮޅު ދެ ޓިކެޓް ލިބޭނެ އެވެ. އަދި ތިން ވަނަ އަށް އިނާމަކަށް އިންޑިޔާގެ ޓްރިވެންޑްރަމަށް ދެކޮޅު ދެ ޓިކެޓު ލިބޭނެ އެވެ.

ހޮޓެލް ޖެންގައި ރޯދަ ވީއްލަން ދާ މީހަނަށް ތިން ރެސްޓޯރެންޓެއްގައި ކެއުންތަކަށް އިންސާފު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މިގޮތުން ދެވަނަ ފްލޯގައި ހުންނަ ލައިމް ރެސްޓޯރަންޓާއި ރޫފް ޓޮޕް ރެސްޓޯރަންޓު އަޒޫރުން މީރު ކެއުންތައް ލިބޭނެ އެވެ.

ހޮޓެލް ޖެންގައި ރޯދަ ވީއްލުމާއި އެހެން ނާސްތާ ތަނަށް ބުކިން ހެއްދުމަށް 7799323 އަށް ގުޅައިލުމުން އެކަން ހަމަ ޖެހޭނެ އެވެ. ކޮންމެއަކަސް މި އަހަރުގެ ރޯދަ މަހަށްވެސް ހޮޓެލްޖެން މި އޮތީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.