ރޯދަ މަހާ ރޯއްޖާ

ރޯދަ މަަހަށް އުފެދޭ ކަރާ ފުންޏާއި ކަރާ ފަނި!

May 30, 2017
2

ބާޒާރަށް ދާ ކޮންމެ މީހަކު ފުރަތަމަ ވެސް ހޯދާނީ ކަރަ އެވެ. ކަރާ ގަނެގެން ނުވަތައޭގެ އަގު އެނގިގެން ނޫނީ އެހެން ދިމާލަކަށް ބަލާ ވެސް ނުލާނެ އެވެ. މި ސަބަބާއެކު ރޯދަ މަސް ފެށޭއިރަށް މުޅި ބާޒާރުގެ އެކި ތަންތަނުގައި ކަރާ ފުނި ޖަހާނެ އެވެ. ސުވާލަކީ ދިވެހިންގެ މެދުގައި ކަރާގެ ޝައުގުވެރިން ރޯދަ މަހު މާމަތިވަނީ ކީއްވެގެން ހެއްޔެވެ؟

ކަރާގެ ދިވެހިންގެ ބޭނުންކުރަން ފެށި ތާރީހެއް އެނގެން ނެތްނަމަވެސް، ރޯދަ މަހު އެންމެ މަގުބޫލު އެކެއްޗަކީ ހަމަ ގައިމުވެސް ކަރައަށް ވާނެ އެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ގެންނަ ބާޒާރަށް "ކަރާ މާރުކޭޓު" ކިޔަނީވެސް އެހެންވެ އެވެ. މިހެންވެ އެންމެ ކުރިއްސުރެން ފެށިގެން ވެސް ރޯދަ މަހު ބޮޑެތި ކަރާ ފުނިތައް މާރުކޭޓުގައި ޖަހަ އެވެ. މިހާރު އެ ފުނިތައް ކޮންމެވެސް ވަަރަކަށް ކުދިކޮށް ފެނުނުނަމަވެސް މިހާރުވެސް ހަމައެކަން ހިނގަ އެވެ. ސަބަބަކީ މީގެ ޑިމާންޑް ރޯދަ މަހު އިންތިހާ އަށް މަތިވުމެވެ.

އަހަރެމެން ކަރާ ގަންނަން ހެސްކިޔާފަ ވަރު ހުންނައިރު، ފަނި ގިރަން ގަންނަ ކަރާއަކީ ދޮން އެއްޗެއްކަން ދެނެގަންނާނެ ގޮތެއް އެނގޭ ހެނެއް ހިއެއް ނުވެ އެވެ. ބައެއް މީހުންނަށް މިއީ އަދިވެސް ވަރަށް އުނދަގޫ ކަމެކެވެ. އަނެއްކޮޅުން ކަރަ ލުން ފުރިގެން ބާޒާރުމަތި ބަންޑުންވެފައި އޮންނާނީ އެ އޮތްހާ ކަރާތަކުގެ ތެރެއިން، ދޮންވެ ފައްކާވެފައި އޮންނަ ކަރަލެއް ނުވަތަ ފޮނިކަން ގަދަ، ކުލަގަނޑު ގަދަ ކަރަލެއް ހޯދުން ފަސޭހަ ކަމަކަށް ވެސް ނުވެ އެވެ.

ދޮން ކަރަލެއްނަމަ، ސައިޒަކީ މައްސަލައެއް ނޫނެވެ. ކިތަންމެ ކުޑަޔަސް، ރަނގަޅަށް ދޮންވެފައި އޮންނަ ކަލަރެއް ބަރުވާނެ އެވެ. އެހެންވީމަ ބާޒާރަށް ގޮސް ރަނގަޅު ކަރަލެއް ނުވަތަ ދޮންވެފައި އޮތް ކަރަލެއް ގަނެގެން ގެއަށް ދާން ބޭނުން ނަމަ އެންމެ ބަރު ކަރާ އަތަށް އަރަން ދެން ފަހަރަކު ކަރަލެއް އުރަމުން ގެންދާށެވެ. ދޮންވެ ފައްކާވެފައި އޮންނަ ކަރާގެ ހާއްސަ އަނެއް ސިފައަކީ އޭގެ ބަނޑުދަށުގައި ނަގާފައި ހުންނަ ރީނދޫ ކުލައިގެ ތިކިތަކެވެ. ނުވަތަ ލައްގަނޑުތަކެވެ. ކަރާ ބަރުވާ މައިގަނޑު ސަބަބަކީ މީގެ ފެން ގިނަވުމެވެ. ކަރަލުގެ 90 ޕަސެންޓަކީ ފެނެވެ.

ދެން މިއޮތީ ބާޒާރުގައި އޮންނަ ބޮޑު ކަރާ ފުނިން ދޮން ކަރާ ހޯދަން އާއްމުކޮށް އަހަރެމެން ކުރާ ކަންތަކުގެ ވާހަކަ އެވެ. މިހާރަކަށް އައިސްކަރާ ފޮތިކޮށްފައި ހުރެ އެވެ. ނަމަވެސް ކުރިން އެއީ އާއްމުކަމަކަށް އަމުދުން ނުވެ އެވެ. އޭރު ގަބޫލުކުރާ ގޮތުގައި ކަރާ ފޮތިކޮށްފިނަމަ ހަލާކުވާނެ އެވެ. އެހެންވެ ކަރަލެއް ފެންނަ އިރަށް އޭގައި ޓަކި ޖަހަނީ އެވެ. މިގޮތަށް ޓަކިދިނުމުން ހުސްއަޑު ކިޔާނަމަ އެވާނީ ދޮން އެއްޗަކަށެވެ.

ދޮން ކަރަލެއް ހިފައިގެން ގެއަށްދާއިރު، މި ގެންވެދޭ އެތީގައި ހިމެނޭ ފައިދާއަށްވެސް ބަލަން ޖެހޭނެ އެވެ. ކަރާ ފޮއްޗެއްގެ 17 ޕަސެންޓުގައި ހިމެނެނީ ވިޓަމިން އޭ އެވެ. އަދި 21 ޕަސެންޓްގެ ވިޓަމިން ސީ އާއި ދެ ޕަސެންޓްގެ އަޔަން އަދި އެއް ޕަސެންޓްގެ ކެލްސިއަމް ހިމެނެ އެވެ.

ކޮންމެއަކަސް ރޯދަ މަހު އަން ޒަމާނުއްސުރެން ފެށިގެން ކަރާ ފުނި އުފެދޭ ސަބަބަކީ މިއެވެ. ކަރަލުގައި ހިމެނޭ ހާއްސަ ކަމެވެ. ހާއްސަކޮށް ރޯދަ މަސް ފަދަ ދުވަސްތަކަށް އެންމެ އެކަށީގެންވާ އެއް މޭވާއަށް މިވުމެވެ.