ދުނިޔެ

ރޯދައާއެކު އެންމެން އިސްރާފުކުރަނީ، ޔަމަނު މީހުން ބަނޑަށް!

May 30, 2017
1

ރަމަޟާން މަަހު ގަލްފުގެ މުއްސަނދި އަަރަބި ގައުމުތަކުގައި ކާބޯތަކެތި އިސްރާފު ކުރުން އޮންނަނީ ހައްދުން ނެއްޓިފަ އެވެ. އެ ގައުމުތަމުގެ ސަރުކާރުތަކަށް މަަސައްކަތް ކުރަން ޖެހިފައި އޮންނަނީ ކާބޯތަކެތި ފޯރުކޮށްދޭކަށް ނޫނެވެ. ނަމަވެސް ކާބޯތަކެތި އިސްރާފުކުރުން ހުއްޓުވާށެވެ. އެފަދަ އެއް ގައުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

ޔޫއޭއީ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި އަހަރަކު ހަތަރު ބިލިޔަން ޑޮލަރުގެ ކާނާ އިސްރާފު ކުރެއެވެ. އުމާނާއި ސައުދީ އަރަބިއްޔާގައި ވެސް ހާލަތު އޮތީ މިހެންނެވެ.

މިފަދަ ބޮޑު އިސްރާފާއެކު ބައެެއް އަރަބި ގައުމުތަކުގެ މީހުން ރޯދަ މަސް ވޭތުކުރަމުން ދާއިރު އެ ގައުމުތަކާއި ދާދި ކައިރީގައި އޮތް ޔަމަނުގެ 17 މިލިޔަން މީހުން ތިބީ ބަނޑުހައިހޫނު ކަމުގައެވެ. އދ. އިން ބުނާ ގޮތުގައި މިއީ މިހައިތަނަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާ އެވެ.

ޔަމަނުގައި ބަނޑަށް ޖެހިފައި ތިބި 17 މިލިޔަނުގެ ތެރޭގައި ދެ މިލިޔަން ކުޑަކުދިން ވެސް ހިމެނެއެވެ. ކާނާ އާއި ބޯފެން ލިބުން ދަތިވެފައި ވާއިރު ބަލި މަަޑުކަން ވެސް އެގައުމުގައި ވަނީ އާއްމުވެފަ އެވެ. ޔުނިސެފުން މިދިޔަ ޑިސެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ފަސޭހަ ކުރެވޭ ފަދަ ބައެއްޔެގައި ކޮންމެ 10 މިނިޓެއްގެ ތެރޭގައި ޔަމަނުގެ ފަސް އަހަރުން ދަށުގެ ކުއްޖަކު މަރުވެއެވެ.

ބޭރަށް ހިންގުމުގެ ނުރައްކާތެރި ބާވަތެއް ކަަަމަށްވާ ކޮލެރާވެސް އެ ގައުމުގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އަލްޖަޒީރާ އިން ބުނީ ޔަމަނުގެ 29000 މީހަކަށް އެބަލި ޖެހިފައިވާ ކަމަށެވެ.

ރޯދަ ވީއްލަން ހަދާނީ ކާ ތަކެތީގެ ތެރެއިން ކޮން ބާވަތެއްތޯ އެއް ބަޔަކު މަޝްވަރާ ކުރަން ތިބި އިރު ޔަމަނު މީހުންނަށް އޮތް ސުވާލަކީ ރޯދަ ވީއްލާ ގަޑިއަށް ކާނެ އެއްޗެއް ލިބޭނެތޯ ނުވަތަ ނޫންތޯ ކުރާ ސުވާލުގެ ތެރޭގަ އެވެ.

"އަހަރެމެން މިތިބީ ވަރަށް ދަތި ހާލެއްގައި. އަހަރެމެންނަށް މުސާރަ ނުލިބޭތާ އެތައް މަހެއް ވެއްޖެ. އަސާސީ ހިދުމަތްތައް ލިބުން ވަނީ ދަތިކަމަކަށް ވެފައި. އަގުތައް ވަރަށް މަތި. އަހަރެމެން މިތިބެނީ އަހަރެމެންނަށް ނުގަނެވޭނެ އެއްޗެއްސަށް ބަލަންް،" ރަތްކަނޑުގެ އައްސޭރީގައިވާ ހުދައިދިއްޔާ ނަމަކަށް ކިޔާ ރަށުގައި ދިރިއުޅޭ ނަބީލް އިބުރާހީމް އަލް ޖަޒީރާއަށް ބުނެފައި ވެއެވެ.

މިއީ ޔަމަނުގައި ހަނގުރާމަ ހިނގަމުން ދަނިކޮށް އައި ތިން ވަނަ ރޯދަމަހެވެ. މިފަހަރުގެ ރޯދަމަސް އައި އިރު ޔަމަނުގެ މެޖޯރިޓީ މީހުން ތިބީ ކާނާ ނުލިބި ދަތިކަމުގަ އެވެ. އދ. އިން ބުނެފައި ވަނީ ޔަމަނަށް އެހީ ދޭން 2.1 ބިލިޔަން ޑޮލަރު ބޭނުންވާ ކަމަށެވެ. މިހައި ތަނަށް ލިބިފައި ވަނީ އެ އަދަދުގެ ދެބައިކުޅަ އެއްބައެެވެ.

ޔަމަނުގެ އެންމެންގެ ބަނޑުފުރާނަ މުއްތިކުރަން ބޭނުންވަނީ ޔޫއޭއީ މީހުން އަހަރަކު އިސްރާފުކުރާ ކާނާ ގަތުމަށް ހޭދަވާ ފައިސާއަށް ވުރެ ދެ ބިލިޔަން ޑޮލަރު މަދު އަދެކެވެ. ޔޫއޭއީ މީހުން އަހަރަކު އިސްރާފުކުރަނީ 4 ބިލިޔަން ޑޮލަރުގެ ކާނާއެވެެ.