ދުނިޔެ

ހޮންކޮންގުގައި ކުކީސްގެ ކަޅުބާޒާރެއް ވެސް އުފެދިއްޖެ!

Apr 8, 2015

ހޮންކޮންގްގައި ކަޅު ބާޒާރެއެއް އުފެދިފައިވާ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރައިފި އެވެ. ނަމަވެސް އެއީ ފޭކް އެޕަލް ގަޑިއަކަށް ނޫނީ ފޭކް ފޯނަކަށް ނޫނެވެ. އެއީ ކުކީސްގެ ކަޅު ބާޒާރެކެވެ.

"ޖެނީސް ކުކީސް" ނަމަކަށް ކިޔާ ކުކީސް ގަތުމަށް އެ ފިހާރަ ދޮރުމަތީ އެތައް ބަޔަކު މިހާރު ވަނީ ކިއޫ ޖައްސާފަ އެވެ. އަދި ބައެއް އާންމު ބޭކަރީތަކުން ވަނީ މި ކުކީސްތަކުގެ "ފޭކް" ކުކީސްތަކެއް އުފައްދާ ވިއްކަން ފަށާފަ އެވެ. އެހެން ކަމުން ޖެނީސް އިން ދަނީ މިކަމަށް ސަމާލުވާން އަންގަމުންނެވެ.

ޓައިވާންގެ ސިމް ޝާ ސުއި އަވަށުގަ ހުންނަ ކުޑަކުޑަ ޖެނީސް ކުކީސް ފިހާރަ ކައިރީ އެތައް ބަޔަކު ކިއޫ ހަދާފައި ވާއިރު އެ ކިއޫގައި ޖެހިގެން ކުކީސް ގަތުމަށް ފަހު ބޮޑު އަގުގައި އެހެން ސަރަހައްދުތަކަށް ކުކީސް ވިއްކާ މީހުން 70 ޕަސެންޓަށްވުރެ ބޮޑު ޕައިދާއެއްލުމަށް ފަހު ކުކީސް ވިއްކާ ކަމަށްވެ އެވެ. މިކަމާ ބައެއް ބޭކަރީތަކުން ވެސް ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މީގެ ކުކީސްއެއް ނުވަ ޑޮލަރަށް މި ކުކީސްއަކީ ޓައިވާނުގެ އާންމުންނާއި ޓައިވާނަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިންނަށް ވެސް ވަރަށް ކަމުދާ ކުކީސްއެކެވެ. އަދި އޭޝިއާގަ ވެސް މި ކުކީސް މަޝްހޫރުކަން ހޯދަމުން އަންނަ ކަމަށްވެ އެވެ.

ޓައިވާނުގަ ކުކީސް ގަތުމަށް މިހާ ބޮޑު ފޯރިއެއް އުފެދިފައިވާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުގަ އެކި ބާވަތްތަކުގެ ކާބޯތަކެތި ނުއަގުގަ ގަތުމަކީ މީހުން ވަރަށް ކުރާ ކަމެކެވެ. ކެއުމަށް ދުނިޔޭގަ އޮންނަ ފޯރި ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.