މަޖުބޫރު އުޒުރެއްނެތި ރޯދަ މަހުގެ ފުރަތަމަ ދެދުވަހު ރޯދަ ދޫކޮށްލި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި ތިން މައްސަލައަކާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މި ރޯދަމަހު އެއްވެސް އުޒުރަކާ ނުލައި ތިން މީހަކު ރޯދަ ދޫކޮށްލި ކަމުގެ ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ އެކަމާ ބެހޭ މައުލޫމާތު އިތުރަށް ލިބިފައެއް ނުވެއެވެ.
ރޯދަ މަހު ރޯދައަށް ހުރެ އުޒުރެއް ނެތި ރޯދަ ދޫކޮށްލާ މީހުންގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމަށާއި ރޯދަ ނުހިފުމަކީ ބޮޑު ފާފައެއް ކަން ހަނދާންކޮށްދީ އެފަދަ ކުށްތަކަށް އަރައިނުގަތުމަށް ރައްޔިތުންނަށް ފުލުހުންވަނީ އިލްތިމާސެއް ވެސް ކޮށްފަ އެވެ.