ވިޔަފާރި

އެސްޓީއޯއިން ހިއްސާއަކަށް 51ރ. ބަހަން ނިންމައިިފި

May 30, 2017
2

އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް 51 ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯ އިން ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު ފައިދާއިން ހިއްސާއަށް 51 ރުފިޔާ ބަހަން ފާސްކުރީ، ހާޒިރުވެ ތިބި 172 ހިއްސާދާރުން ތަމްސީލްކު ރި ޖުމްލަ 948،0202 ހިއްސާގެ ތެރެއިން 942،020 ހިއްސާގެ ވޯޓުންނެވެ. އެއީ ބައިވެރިވި ހިއްސާދާރުންގެ 99.43 ޕަސެންޓް ވޯޓެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ވަނީ އަންނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް، ބައިނަލްއަގުވާމީ އޮޑިޓް ފާމް ކޭޕީއެމްޖީ ހަމަޖައްސާފަ އެވެ. މިއީ މި ކުންފުނިން އެސްޓީއޯ އޮޑިޓް ކުރުމުގައި ހަރަކާތެރިވާތާ ތިން ވަނަ އަހަރެވެ. މީގެ އިތުރުން އަންނަ އަހަރު އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރުމަށް މިހާރުވެސް ޑިރެކްޓަރެއްވެސް ހޮވާފައިވެ އެވެ. މި މަގާމަށް ހޮވިފައިވަނީ މިހާރުވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ ހ. ޓޫހާޑްސް، މުހައްމަދު ފިރުޝަތެވެ.

އެސްޓީއޯ އިން ހިއްސާގެ ފައިދާ ބަހަން ނިންމިއިރު، އެސްޓީއޯ ގްރޫޕް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.