ރޯދަ މަހާ ރޯއްޖާ

ރޯދަ ވީއްލަން ދާންވީ ކުޑަ ބަނޑޮހަށް!

Jun 1, 2017
1

މާލެ އިން ބޭރުގައި ރޯދަ ވީއްލަން ދިއުމަކީ ކުރެވިދާނެ ކަމެކެވެ. ހާއްސަކޮށް މާލެ ކައިރި ބައެއް ރިސޯޓުތަކަށް ރޯދަ ވީއްލަން ދިއުމަކީ ވަރަށް ގިނަ ދިވެހިންގެ އާދައެކެވެ. ކުރިން ދަތުރު ގޮސް އުޅޭ ކުޑަ ބަނޑޮހަށް މި އަހަރު ރޯދަ ވީއްލަން ދިއުން ކިހިނެއް ވާނެ ހެއްޔެވެ؟

"މަލަހިނި ކުޑަ ބަނޑޮސް" ގެ ނަމުގައި މިހާރު ރިސޯޓެއް ހިންގަމުން ގެންދާ ކުޑަ ބަނޑޮސް ވެސް ވަނީ މި ރޯދަ މަހަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. މި ރޯދަ މަހަށް ހާއްސަކޮށްގެން ހަފުތާއަކު ކޮންމެ ދުވަހަކަށް މެނޫއެއް ކުޑަ ބަނޑޮހުން ވިއްކަ އެވެ. ފަސްތަރީގެ ހިދުމަތްދޭ މި ރިސޯޓަށް ރޯދަ ވީއްލަން ދާ މީހެއްގެ ބޮލަކަށް ނަގަނީ 650ރ. އެވެ. މި ރިސޯޓުގައި ރޯދަ ވީއްލަން ދާއިރު ގެންދާ ހަތް އަހަރުން ދަށުގެ ކުދިންނަށް ހިލޭ ބައިވެރި ވެވޭނެ އެވެ. އަދި ހަތް އަހަރުން މަތީގެ ކުދިންނަށް 7 ޕަސެންޓާއި 11 ޕަސެންޓުގެ ޑިސްކައުންޓެއް ދެއެވެ.

މި ރިސޯޓަށް ރޯދަ ވީއްލަން ދާ މީހަކަށް މުޅިން ތަފާތު ކެއުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

"މަލަހިނި ކުޑަ ބަނޑޮސް" މެނޫގައި ނަން ހުސްކޮށް ސެލެޑު ހިމަނާފައިވެ އެވެ. މިއީ ހެލްތީކޮށް ރޯދަ ވީއްލަން ޝައުގުވެރިވާ މީހުންނަށް ލިބޭނެ އުފާވެރި ހަބަރަކަށްވާނެ އެވެ. ކުޑަ ބަނޑޮހުގައި ސެލެޑްތައް ތައްޔާރު ކޮށްދޭނީ ވަގުތުންނެވެ. މި ރިސޯޓުގައި ރޯދަ ވީއްލާ މީހުންނަށް ލައިވް ކުކިން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މެނޫގައި ހިމެނޭ ހާއްސަ ބައެއް ބާވަތްތަކުގެ ތެރޭގައި ޕާސްތާ އާއި ފެންފޮޅީގެ އިތުރުން މަސްބުރި ރިހަ ވެސް ހިމެނެ އެވެ.