ހަބަރު

އެއާޕޯޓްގެ ސެކިޔުރިޓީ ބެލެހެއްޓުމާ ފުލުހުން ހަވާލުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ، އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން ފިޔަވާ އެހެން ސަލާމަތީ ކަންކަން ބެލެހެއްޓުން ނޫނީ، ލޭންޑް ސައިޑް ސެކިޔުރިޓީގެ ބެލެހެއްޓުމަށް އާއި އިއްޔެ ހަވާލު ކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްއޭސީއެލް އާއި އާއި ފުލުހުންނާ ދެމެދު ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސް ވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އާދިލް މޫސާ އެވެ. އަދި ޕޮލިސް ސާވިސްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އާދިލް މޫސާ ވިދާޅުވީ މި އެއްބަސްވުމާއެކު އެއާޕޯޓު ލޭންޑް ސައިޑް ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކައިރި މުސްތަގުބަލެއްގައި ފަށާނެ ކަމަށެވެ. މީގެ އިތުރުން ސެކިޔުރިޓީ ބެލެހެއްޓުމަށް އެހެން ބަޔަކު ތިބި ނަމަވެސް ޕްރޮފެޝަަނަލް ގޮތެއްގައި މި މަސައްކަތް ކުރެވޭނެ ބަޔަކީ ފުލުހުން ކަމުގައި ވެސް އާދިލް ވިދާޅުވި އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ މި އެއްބަސްވުމާއެކު އެއާޕޯޓުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ވަރަށް ބޮޑު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އަދި އެއާޕޯޓުގެ ގަވާއިދުތަކާއި އުސޫލުތައް ދެމެހެއްޓުމަށް އެންމެ ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަުގައި ވިދާޅުވި އެވެ.