ހަބަރު

އުލިގަމު ކަސްޓަމްސް އިމާރާތް ނިންމަން އެހެން ބަޔަކާ ހަވާލުކޮށްފި

ހއ. އުލިގަމުގެ ކަސްޓަމްސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ބަޔަކާ ހަވާލުކޮޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ގެ މައި އިމާރާތުގައި އިއްޔެ ބޭއްވި ރަސްމިްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލްޑިން އެންޑް ކޮންސްޓްރަކްޝަން ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. 95 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާކު ކޮށްފައިވަނީ 2.5 މިލިއަން ރުފިޔާ އަށެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކަސްޓަމްސްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން 13 ޑިސެމްބަރު 2015 ގައި ޕްރޮޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް ބިންގާ އެޅިގެންދިޔަ އިމާރާތުގެ މަސައްކަތް މިއަދާ ހަމަޔަށްވެސް ނިމިފައި ނުވާތީ އެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރަން ނިންމީ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ އިމާރާތުގެ މަސައްކަތް ނިމި މިއަހަރުގެ ތެރޭގައި އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށެވެ.