ޓޫރިޒަމް

ރިސޯޓް ހަދަންދޭ ރަށްތަކުގެ ލިސްޓަށް ތިން ރަށް އިތުރުކޮށްފި

ރިސޯޓް ހަދަން ކުއްޔަށް ދޫކުރާ ރަށްތަކުގެ ދަފުތަރުގައި އިތުރު ތިން ރަށެއް ޓޫރިޒަމް މިނިސްޓްރީން އެރަށްތައް ލީސް ކުރާ އަގާއެކު ހިމަނައިފި އެވެ.

މިނިސްޓްރީން އިއުލާނެއް ކޮށް އޭގައި ބުނެފައިވަނީ ޓޫރިޒަމަށް ދޫރާ ރަށްތަކުގެ ލިސްޓަށް އިސްލާހު ގެނެސް ކ. ކަގި އާއި އދ. ބޮޑުކާށިހުރާ އަދި އދ. ލޮނުބުއި އިތުރުކޮށްފައިވާ ކަމަށެވެ.

އެ އިއުލާނުގައި ހިމަނަފާއިވާ އިތުރު މައުލޫމާތުތައް ބުނާ ގޮތުން 2.5 ހެކްޓަރުގެ ކަގި ލީސް ކުރަން ނިންމާފައިވަނީ 2.1 މިލިއަން ޑޮލަރެވެ. ކަމަށެވެ. ގާތްގަނޑަކަށް 2.4 ހެކްޓަރުގެ ބޮޑުކާށިހުރާ ލީސް ކުރާނީ 1.7 މިލިއަން ޑޮލަރަށެވެ. އަދި 2.1 ހެކްޓަރުގެ ލޮނުބުއި ދޭނީ 1.5 މިލިއަން ޑޮލަރަށެވެ.