ރޯދަ މަހާ ރޯއްޖާ

ސިޓްރޮން މި އަހަރުގެ ރޯދަ ވީއްލުމަށް ވަރަށް ހާއްސަ!

Jun 2, 2017

"ސިޓްރޮން ބައި ލެމަންގްރާސް" އަށް ދާން ޖެހެނީ ހަމައެކަނި ކޮފީ އަކަށް ނޫނެވެ. މި ރެސްޓޯރެންޓަކީ ކާލަންދާން ވެސް އެންމެ ރަނގަޅު އެއް ތަނެވެ. މި އަހަރުގެ ރޯދަ ވީއްލަން ވެސް މިތަނަށް ދާން ކޮންމެހެންވެސް އެބަ ޖެހެ އެވެ. މީގައި ސަބަބުތައް މަދެއް ނޫނެވެ. އެންމެ ހާއްސަ އެއް ސަބަބަކީ ރޯދަ ވީއްލާ ވަގުތު އޮންނަ ހާއްސަ މެނޫތަކެވެ.

މާލޭގެ އެންމެ ހިތް ގައިމު އެއް ސަރަހައްދު ހުންނަ ސިޓްރޮންގެ ރޯދަ މެނޫގެ އަގަކީ ބޮލަކަށް 250ރ. އެވެ. މެނޫގައި ސޫޕުން ފެށިގެން، ސެލެޑުތައް ވެސް ނަން ހުސްކޮށް ހުރެ އެވެ. މީގެއިތުރުން ކޮޕީފަތު މަސް ހުންޏާއި ރަޝިއަން ސެލެޑު ފަދަ ގިނަ ބާވަތްތައް ހިމެނެ އެވެ. އަދި ދިވެހިން އާއްމުކޮށް ކެއުމަށް ބޭނުންވާ ގިނަ ބާވަތްތައް ވެސް ސިޓްރޮން މެނޫގައި ހިމަނާފައިވެ އެވެ.

ސިޓްރޮން އިން މި އަހަރު ރޯދަ މަހަށް ފަސް މެނޫއެއް އެކުލަވާލާފައިވާއިރު، ކޮންމެ މެނޫއެއްގައި ހުރީ ތަފާތު ބާވަތް ތަކެވެ. މިހާރު އެންމެ ވެރައިޓީ ގިނަ މެނޫ އަށް ސިޓްރޮން ވާނެ ކަމަށް ބެލެވެ އެވެ.

މި އަހަރު ސިޓްރޮން އިން ރޯދަ ވީއްލުމުން ދެ ސައިކަލް ލިބުމުގެ ފުރުސަތު ލިބޭނެ އެވެ. "އެލިޔާ" އިން ހުށަހަޅާފައިވާ މި އިނާމު ލިބޭނީ ރޯދަ މަސް ނިމުމުން ނަގާ ގުރުއަތަކުންނެވެ.