މޫސުން

އުތުރަށް މޫސުން އިތުރަށް ގޯސްވަނީ

  • ޔެލޯ އެލާޓް ވަނީ ނެރެފަ
  • 50 މޭލަށް ވައިޖެހޭނެ
  • ކަނޑުދަތުރުކުރުން ރަނގަޅެއް ނޫން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓް ނެެރެފައިވަނީ ކ. އަތޮޅާއި ހއ. އަތޮޅާ ދެމެދަށެވެ.

ޔެލޯ އެލާޓް ނެރެނީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ކަނޑުދަތުރުތައް ނުކުރުމަށް އެންގުމަށެވެ. އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 3:45 ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން މިރޭ ބުނެފައިވަނީ އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި 50 މޭލުގައި ވައިޖެހޭނެ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ވަރަށް ދިގު ދެމިގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިގޮތަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ކުރިއަށް އޮތް ތަނުގައިވެސް އާދަޔާ ހިލާފަށް ވައި ގަދަވެ، އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން އުނދަގޫ ވެދާނެތީ، ކާޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް ބޭނުން ކުރުމުގައި ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.