ބޮލީވުޑް

އާލިއާ އާއި ސިދާތްގެ ދެމެދަށް ޖެކުއަލީން ވަނީތަ؟

Jun 3, 2017

މަޝްހޫރު ޒުވާން ދެތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދައްކަމުން އަންނަނީ އެމީހުން އެކުގައި "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ނިކުތް ތަނާހެނެވެ.

ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އެއްބަސްނުވި ނަމަވެސް އެކުގައި ކާން ދިއުމާއި އެކަކު އަނެކަކުގެ ގެއިން ނިކުންނަތަން ޕަޕަރާޒީންގެ ރާޑަރުތަކަށް އެރުމުގެ އިތުރުން ދެ ފަރާތުގެ އާއިލީ ހަފްލާތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. އަދި ނުވިތާކަށް ޗުއްޓީ ދަތުރުތަކުގައި ވެެސް ދެމީހުން ގިނައިން ގޮސް އުޅެނީ އެކީގަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އާލިއާ އާއި ސިދާތްގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭ ކަމުގެ ވަހަކަތައް އަންނަނީ ދެކެވެމުންނެވެ. އޭގެފަހުން އެތަކެއް ދުވަހެއް ފާއިތުވެގެން ގޮސްފައިވަނިކޮށް މިދެމީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައަކީ ބަތަލާ ޖެކުއަލީނާ ފާނެންޑޭޒް ކަމުގެ އަޑުތައް މިވަނީ އަރާފަ އެވެ.

މިދިޔަ އަހަރު ސިދާތް އާއި ޖެކުއަލީން އެކުގައި ކުޅެން ފެށި ފިލްމު "ރީލޯޑް" ގެ ޝޫޓިންގެ ތެރެއިން އެ ދެތަރިން ވަނީ ވަރަށް ގާތް އެކުވެރިންނަށް ވެފަ އެވެ. އެކަން މިދެތަރިން ފިލްމުގެ ޝޫޓިން މެލޭޝިއާ އާއި ސީޝެލްސްގައި ނަގަމުން ދިޔައިރު ދެމީހުންގެ އިންސްޓަގްރާމަށް ބަލާލުމުން ވެސް އިނގެ އެވެ. ނަމަވެސް އިންޑިއާގައި އޭރު ހުރި ސިދާތްގެ ލޯބިވެރިޔާ އާލިއާ އަށް މި ތަސްވީރުތަކުން ލިބުނީ އިންތިހާ ހާސްކަމެވެ.

ސިދާތް އޭނާގެ އަތުން ބީވެދާނެ ކަމުގެ ބިރަށް އާލިއާ ވަނީ ސިދާތް އާއި ޖެކުއަލީންގެ އެކުވެރިކަން އެހިސާބުން ނިމުމަކަށް ގެންނަން އަންގާފަ އެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ނިންމާލައި އެނބުރި އިންޑިއާ އަށް އައި ފަހުން ވެސް އެދެމީހުން ވަނީ އެކުގައި ކޮފީތަކުން ފެނިގެން ގޮސްފަ އެވެ. އެކަމުގެ ސަބަބުން އާލިއާގެ ރުޅިގަނޑު އިތުރަށް ކެކުން ނޫން ކަމެއް ނުވި އެވެ. އަދި އެންމެފަހުން ވަނީ ސިދާތްއާ އޭނާގެ ގުޅުން ހީނަރުވަމުން ގޮސް ދެމީހުން ރުޅިފަށަށްއެރީ އެވެ.

ޖެކުއަލީން އާ ދެމެދު އޮތް ގާތްގުޅުން ލޯތްބަށްޓަކައި ސިދާތަށް ކަނޑާލަން ނުކުރެމުގެ ނަތީޖާއެއްގެ ގޮތުން އާލިއާ އާ ދެމެދު މައްސަލަޖެހި ދެމީހުން އެކުގައި ޗުއްޓީ އަކަށް ދާން ރާވަމުން އައި ޕްލޭން ވެސް ވަނީ ފަނިވެފަ އެވެ. އެންމެފަހުން އެ ޗުއްޓީ ދަތުރު އާލިއާ މިހާރު ގޮސް އުޅެނީ އޭނާގެ އެންމެ ގާތް އެކުވެރިޔާއާ އެކު އެވެ. ބުނެވޭ ގޮތުގައި އެކުގައި މި ޗުއްޓީ ދަތުރު ދާން ރާވަމުން ސިދާތް އާއި އާލިިއާ އަންނަތާ އެތަކެއް މަހެއް ވެއްޖެ އެވެ. ނަމަވެސް އެންމެފަހުން ޖެކުއަލީންގެ ސަބަބުން ދަތުރު ވެސް ފަނިވީ އެވެ.

ސިދާތް އާއި ޖެކުއަލީން ވަނީ އެކުގައި ސެލެބްރިޓީ ޓޯލްކް ޝޯ، ކޮފީ ވިތް ކަރަންގެ އެންމެފަހުގެ ސީޒަންގައި ވެސް ފެނިގެން ގޮސްފަ އެވެ.ސިދދ