ވިޔަފާރި

އާ ރަންވޭގެ ތާރު އަޅަން ފަހުގެ ތައްޔާރީތައް ފަށައިިފި

Jun 3, 2017
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ރަންވޭގައި ތާރު އަޅަން ފެށުމުގެ ފަހުގެ ތައްޔާރީތައް ފަށައިިފ އެވެ. ވީއައިއޭގައި އަޅާ އާ ރަންވޭގެ ތާރުގެ މަސައްކަތް ފެށުމުގެ ގޮތުން، ބުރާސްފަތި ދުވަހު ވަނީ އެތަނުގެ ބިންގާ އަޅައިމަސައްކަތް ފަށާފަ އެވެ. އަދި މިހާރު ކުރަމުން ދަނީ، ތާރު ފެތުރުމުގެ ގޮތުން މަތިން އަޅަން ޖޭ ލޭޔަރުތައް އެޅުމުގެ މަސައްކަތެވެ.

އާ ރެންވޭއަކީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރ ހުން ރަންވޭ އެކެވެ. އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭގޮތަށް ފަރުމާކުރާ މި ރަންވޭގެ ބޯމިނުގައި 200 މިލިމީޓަރު ހުންނާނެ އެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ.

ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އާ ރަންވޭގެ އިތުރުން ފުރިހަމަ ހިދުމަތްތަކާއެކު އާ ޕެސެންޖަރު ޓާމިނަލްއެއްވެސް އަޅާނެ އެވެ. މުޅި އެއާޕޯޓުގެ މަޝްރޫއު އަންނަ އަހަރު ނިމޭނެ އެވެ. އަދި މި މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރެވެ.